ads
ނައީމާ މޫސާ
ނައީމާގެ މަރުގެ މައްސަލާގައި ދެމީހަކު ހައްޔަރު ކޮށްފި
ނ. މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ ރޯދަމަހު ފެނުނު އެރަށު އަންނާރުމާގޭ ނައިމާ މުސާގެ މަރުގެ މައްސަލައިގަ ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރުގެ މައްސަލަ ތަހްގީގު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރު މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމަކާއި ނ. އަތޮޅުގެ ފުލުހުން، ގުޅިގެން ވަނީ ނައިމާގެ މަރުގެ ހަގީގަތް މިހާރު ހޯދާފައި ކަމަށެވެ.

ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހްގީގަށް  ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައި ކަމަށާއި، އެ މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ގެނެވިފައި އެބަތިބިކަމަށްވެސް ސިޕީ ވިދާޅުވިއެވެ.

މި މައްސަލަޔާއި ގުޅޭ ތަހްގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަންތަން ބަލާ ފާސް ކުރަމުންދާ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ. 

ނައީމާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށީގައި އުޅޭ އަދި މަސްތުވާ ތެކެތީގެ ރެކޯޑް އޮންނަ ދެ ދިވެހިންނެވެ.

ވޭޖު އުސޫލުން ކައުންސިލްގެ މަސައްކަތު މީހެއްގެ ގޮތުގައި އުޅުނު ނައީމާ ހޯދަން ފުލުހުން ނައީމާ އުޅޭ ގެއަށް ދިޔައީ އޭނަގެ ހަބަރެއް ނުވެގެން އާއިލާއިން އެނގުމުންނެވެ. އަންނާރުމާގޭގައި އެކަނި ދިރިއުޅޭ ނައީމާ އެގޭ ކޮޓަރިއެއް ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ފުލުހުން ދޮރުވައްޓާލާފައި ވަނުމުންނެވެ.

ނައީމާ ފެނުނިއިރު އޭނާގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުރިކަމަށް ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް