ads
ހުޅުމާލޭގައި ފުރަތަމަ ފަހަރަށް 'މަގުހުރަސް ބައްތި' އިފްތިތާހުކުރުން - ފޮޓޯ:އާބަންކޯ
ހުޅުމާލޭގައި ފުރަތަމަ ފަހަރަށް 'މަގުހުރަސް ބައްތި' އިފްތިތާހުކޮށްފި
ހުޅުމާލޭގައި ފުރަތަމަ ފަހަރަށް 'މަގުހުރަސް ބައްތި' އިފްތިތާހުކޮށްފިއެވެ.

އާބަންކޯއިން ބުނީ މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި މަގުހުރަސް ބައްތިތައް އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކަމަށެވެ.

މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިންގް ލައިޓްތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރެވެމުން އަންނަ ލައިޓްތަކެއް ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނެފައިވަނީ މި ލައިޓްތައް އާންމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާފައިދާ ގިނަ އަދަދެއްގެ މީހުންނަށް ރައްކާތެރިކަމާ އެކު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.

އާބަންކޯއިން ބުނި ގޮތުގައި މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާ އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކަމުގައެވެ. އެކަމުގެ ސަބަބުން މަގު ހުރަސް ކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

your imageހުޅުމާލޭގައި ފުރަތަމަ ފަހަރަށް 'މަގުހުރަސް ބައްތި' އިފްތިތާހުކުރުން - ފޮޓޯ:އާބަންކޯ

އާބަންކޯއިން ބުނީ މިފަހަރު އަށް ސަރަހައްދެއްގައި މަގުހުރަސް ބައްތި ހަރު ކުރުމަށް ހަމަޖެހިފައިވާއިރު، އާންމުން އެންމެ ގިނައިން ބޭނުން ކުރާ ކަފިހި ހުރަސްތައް އަދި މަގު ހުރަސް ކުރުމަށް ބޭނުން ކުރާ ސަރަހައްދުތައް ދެނެގަނެ، އެ ތަންތަނަށް އިސްކަން ދެވޭނެ ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި އެއް ލައިޓް އަދި ހިޔާ ސަރަހައްދުގައި އެއް ލައިޓް މިއަދުން ފެށިގެން ބޭނުން ކުރެވިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނެފައިވަނީ ކޮންމެ ލައިޓެއްގައި ވެސް ހުންނަ ބަޓަނަށް ފިތާލުމުން އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެނިގެންދާނެ ކަމަށެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރަން އަދި ހިނގައިގަންނަންވީމަ އެކަން ބުނެދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނި ގޮތުގައި އެ ބަޓަނަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓް ކުރާއިރު، ހުރަސްކުރުމަށްވެސް ވަކި ވަގުތެއް ލިބިގެންދާނެ ކަމުގައެވެ.

ހުޅުމާލެއަކީ ރައްކާތެރި މާހައުލަކަށް ހެދުމުގެ ގޮތުން މިހާރުވެސް މަގުމަތީގެ ރައްކާތެރިކަން އިތުރުކޮށް، ގިނަ މަސައްކަތްތަކެއް ރޭވިގެން ކުރެވެމުންދާ ކަމަށް އާބަންކޯއިން ބުނެއެވެ.

your imageހުޅުމާލޭގައި ފުރަތަމަ ފަހަރަށް 'މަގުހުރަސް ބައްތި' އިފްތިތާހުކުރުން - ފޮޓޯ:އާބަންކޯ

އާބަންކޯއިން ބުނީ ހުޅުމާލޭގައި ދިރި އުޅޭ އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ދުޅަހެޔޮ، ހިތްފަސޭހަ ވެއްޓެއް ގާއިމުކޮށްދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް