ads
އޮސްކާ ފޮޓޯ:---
ބަޝަންދުރާ ކިންގްސްއިން ވިދިވިގެން ހަތަރުވަނަ ފަހަރަށް ލީގު ނަގައިފި
ނިއުރޭޑިއަންޓުގެ ކުރީގެ ކޯޗު އޮސްކާ ބްރޫޒޯންގެ އިރުޝާދުގެ ދަށުން، ބަޝަންދުރާ ކިންގްސްއިން ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް ބަންގްލަދޭޝް ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ދެހާސް ނަވާރަވަނަ އަހަރު، ނިއުރޭޑިއަންޓުގައި ހުރުމަށް ފަހު ބަންގްލަދޭޝްއިން ލިބުނު ފުރުސަތެއްގައި އެ ގައުމުގެ ބަޝަންދުރާ ކިންގްސްއާ ހަވާލުވި ކޯޗު އޮސްކާ ބުރޫޒޯންގެ އިރުޝާދުގެ ދަށުން ބަޝަންދުރާއިން ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބު ކުރީ މިއަދު ޝެއިހް ރަސްލް ބަލިކުރުމަށް ފަހުއެވެ. 

ވިދިވިދިގެން ހަތަރު އަހަރު ބަންގްލަދޭޝްގެ ލީގު ކާމިޔާބު ކުރިއިރު މިއީ 1971 ވަނަ އަހަރުގެ ފަހުން އެ ރިކޯޑް ބަންގްލަދޭޝްގެ ކުލަބަކުން ހެދި ފުރަތަމަ ފަހަރެވެ.

ބަޝަންދުރާ ކިންގްސްއިން މި ފަހަރުގެ ލީގު ކާމިޔާބު ކުރީ އަދި ބާކީ ތިން މެޗު އޮއްވައެވެ. ކިންގްސްއިންވަނީ މި ފަހަރުގެ ލީގުގަގައި 17 މެޗުން 46 ޕޮއިންޓް ހޯދާފައެވެ.

ބަޝަންދުރާ ކިންގްސްއަށް ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްދިން އޮސްކާވަނީ ރާއްޖޭގައި ހޭދަ ކުރި އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި ހުރިހާ މުބާރާތެއް ނިއުރޭޑިއަންޓަށް ކާމިޔާބުކޮށްދީފައެވެ. އެއީ އެފްއޭކަޕާ، ޕްރިމިއަރ ލީގު އަދި އޭރު ކުޅޭ މާލޭ ލީގުގެ އިތުރުން ޗެރިޓީ ޝީލްޑެވެ. 

އޮސްކާ ރާއްޖޭގައި ހޭދަކުރި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް އޭނާވަނީ ހޯދާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް