ads
ދޮރު ހުޅުނުވުނު ފުލައިޓު
ފްލައިޓެއްގެ ދޮރު ހުޅުވި، އެމަޖެންސީގައި ޖައްސައިފި
ދެކުނު ކޮރެއާގެ ފަސިންޖަރު މަތިންދާބޯޓެއް މަތީގައި ދުއްވާފައި ދަނިކޮށް ފްލައިޓުގެ ދޮރެއް ހުޅުވިގެން ބުސާންގައި ކުއްލި ގޮތަކަށް ޖައްސާފިއެވެ.

އޭޝިއާނާ އެއާލައިންސް އިން އޮޕަރޭޓުކުރާ މި ފްލައިޓުގައި މި ނުރައްކާތެރި ހާދިސާ ހިނގިއިރު 103 ފަސިންޖަރުންނާއި ފަޅުވެރިންނާއެކު ދަތުރުކުރަމުން ދިޔައީ 33،000 ފޫޓު އުސްމިނުގަައެވެ.

ދޮރު ހުޅުވުމުން ފުލައިޓު ގިމްހާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުއްލި ގޮތަކަށް ޖައްސަން މަޖުބޫރުވި އެވެ.

މި ހާދިސާއާއި ގުޅިގެން ބައެއްމީހުނަށްވަނީ ނޭވާލާން އުދަގޫވެގެން ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. 

"އަހަރެން ހީކުރީ އަހަރެމެން ކްރެޝްވާން އުޅޭ ކަމަށް. އަހަރެންގެ ގޮނޑިގައި ހިފަހައްޓައިގެން އިނީ މަރުވަނީކަމަށް ނިންމައިގެން" ފްލައިޓުން ދަތުރުކުރި މީހަކު ބުންޏެވެ. 

އެ ދޮރު ހުޅުވި ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އޭޝިއާނާ އެއާލައިންސް އިން ބުނީ ތަހުގީގަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.

ބައެއް ތަފްސީލުތައް:

އެ ބޯޓަކީ ބޮއިންގް 767-300އީއާރް އެވެ.

މި ފްލައިޓަކީ އިންޗިއޮން އިންޓަނޭޝަނަލް އެއާޕޯޓުން ބުސާނަށް ދަތުރުކުރި ފްލައިޓެކެވެ.

ފްލައިޓުގެ ދޮރު ހުޅުވުނީ ނައްޓާލިތާ ގަޑިއެއްހާއިރު ތެރޭގައެވެ. 

މި ބޯޓު ސަލާމަތުން ޖައްސާފައި ވަނީ ގިމްހާއީ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ބޯޓުން ދަތުރުކުރި މީހުން ނެރެފައިވަނީ އިމަޖެންސީ ސްލައިޑްތައް ބޭނުންކޮށްގެންނެވެ.

އެ ދޮރު ހުޅުވި ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް