މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެމްއެންޕީގެ ހާއްސަ ޖަލްސާގައި، ނާޒިމަށް ރަސްމީކޮށް ޓިކެޓް ހަވާލުކުރުމުގެ އިތުރުން ރިޔާސީ ކެންޑިޑޭޓްގެ ލޯގޯއާއި ޝިއާރު އަދި ލަވަވެސް ވަނީ އިފްތިތާހު ކޮށްފައެވެ.
ރިޔާސީ ކެމްޕޭންގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ބޭނުން ކުރައްވާނެ ސްލޯގަންއަކީ "އުޖާލާ ޒަމާން" އެވެ.
ިޔާސީ ޓިކެޓް ހަވާލު ކުރުމާއެކު އެމްއެންޕީގެ ރިޔާސީ ކެމްޕެއިން ފެށިކަންވެސް މިރޭ ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު އެވެ.