ads
ހެރީ ކޭން
ހެރީ ކޭން ހޯދުމުގެ ރޭހަށް ރިއާލް މެޑްރިޑްވެސް ވަންނަނީ
ޓޮޓެންހަމާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަންގެ ނިޔަލަށް ހަމަވާ، އިގިރޭސި ފޯވާޑު ހެރީ ކޭންގެ ސޮއި ހޯދުމުގެ ރޭހަށް ރިއާލް މެޑްރިޑްވެސް ވަންނަން ތައްޔާރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެފިއެވެ.

އަންނަ ސީޒަންގެ ނިޔަލަށް ކޭންގެ ކޮންޓްރެކްޓް ހަމަވާއިރު، މި ސީޒަން ނިންމާފައި އޭނާ އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ބެލެވެއެވެ. 

ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ސޮއި ހޯދުމުގެ ރޭހުގެ ކުރީގައި އުޅެނީ މެންޗެސްޓަ ޔުނައިޓެޑެވެ. އެހެންނަމަވެސް އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ރިއަލް މެޑްރިޑުން އަންނަނީ ކޭންއަށް ރަނގަޅު ޕްރޮޕޯސަލެއް ޓޮޓެންހަމަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. އެކަމަކު ރަސްމީ ސިފައެއްގައި މި ވާހަކަ އަދި ނުދެކެވެއެވެ.

ކޭންގެ ސޮއި ހޯދުމުގެ ރޭހުގައި ޔުނައިޓެޑު ކުރީގައި އުޅޭ ކަމަށް ރިޕޯޓްތައް ބުނާއިރު މި ރޭހުގައި ޖަރުމަނުގެ ބަޔާން މިއުނިކާ ފްރާންސްގެ ޕީއެސްޖީ އަދި ޗެލްސީވެސް އުޅެއެވެ.

ޔުނައިޓެޑުންވަނީ ގާތްގަނޑަކަށް 80 މިލިއަން ޑޮލަރުގެ އަގަކަށް، އިގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭންގެ ސޮއި ހޯދުމަށް ހުށަހަޅަން ތައްޔާރުވެފައެވެ. އިގިރޭސި ނޫސް، ދަ ސަންއިން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެރީ ކޭން އަންނަ ސީޒަންގައި ޔުނައިޓެޑަށް ގެނައުމުގެ ޑީލަކީ ކަށަވަރު ޑީލެކެވެ. އަދި ސީޒަން ނިމުމުގެ ކުރިން އެކަން ރަސްމީކޮށް ހާމަ ކުރާނެ ކަމަށް ކުރިން ރިޕޯޓްކޮށްފައިވެއެވެ. 

އުމުރުން 29 އަހަރުގެ ކޭންއަކީ، އިގިރޭސި ގައުމީ ޓީމަށްވެސް މިހާރު އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާވެސްމެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް