ފައިނަލްގެ ފަހު ޖާގަ ގުޖުރާތުން މިރޭ ހޯދިއިރު، ފައިނަލުގައި އެ ޓީމުން ކުޅެން ޖެހޭނީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ކްލަބުކަމަށްވާ، އަދި އިންޑިޔާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އެމްއެސް ދޯނީގެ ޗެންނާއީ ސުޕަރ ކިންގްސް އާ ދެކޮޅަށެވެ.
ގުޖުރާތު ފައިނަލަށް ދިޔައީ މިރޭ ކުޅުނު ފަހު ޕްލޭ އޮފް މެޗުގައި މުމްބާއީ އިންޑިއަންސް 62 ލަނޑުން ބަލިކޮށްގެނެވެ.
މިރޭގެ މެޗުގެ ޓޮސް ދިމާވީ މުމްބާއީ އިންޑިއަންސް އަށެވެ. މުމްބާއީން ޓޮސް ދިމާވުމުން ގަސްތު ކުރީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. އެހެންކަމުން ފުރަތަމަ ބެޓް ކުރަން ޖެހުނީ ގުޖުރާތަށެވެ. ގުޖުރާތުން ކުޅެން އަރައި 20 އޯވަރަށް ތިން ކުޅުންތެރިން ނުބައިވެގެން 233 ލަނޑު ހެދިއެވެ.
ޖަވާބުގައި މުމްބާއީ އިންޑިއަންސް ކުޅެން އަރައި 18.2 އޯވަރަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 171 ލަނޑެވެ. އެއާއެކު ޑިފެންޑިން ޗެމްޕިއަން ގުޖުރާތު ފައިނަލަށް ދިޔައީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ބަލިކޮށެވެ.
ޕްލޭ އޮފްގެ ފަހު މެޗަށް މުމްބާއީ ދިޔައީ އިހައްރޭ ކުޅުނު ދެވަނަ ޕްލޭ އޮފްގައި ލަކްނޯ ސުޕަރ ޖަޔަންޓްސް ބަލިކޮށްގެނެވެ. ޕްލޭ އޮފްގެ ފަހު މެޗަށް ގުޖުރާތު ދިޔައީ ފުރަތަމަ ޕްލޭ އޮފްގައި ޗެންނާއީ އަތުން ބަލިވުމުންނެވެ. މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައިވެސް ކުޅުނީ ފައިނަލަށް މިހާރު ގޮސްފައިވާ ދެ ޓީމު ކަމަށްވާ ޗެންނާއީ އާ ގުޖުރާތެވެ. މުބާރާތުގެ އޯޕަނިން މެޗު ކާމިޔާބު ކުރީ ގުޖުރާތެވެ.
ފައިނަލް މެޗުަ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އަހްމަދު އާބާދުގައެވެ.