
ހައިވޭގެ މަންޒަރެއް
ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ
27 މޭ 2023 - 02:33:33
ސިނަމާލެ ބްރިޖް ހައިވޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ އެވެ.
ހައިވޭގައި މިރޭ ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓްގައި ނިޔާވެފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ހައިވޭގެ މާލޭން ހުޅުމާލެއަށް ދާ ލޭނުގައި ކަމަށެވެ. ސައިކަލެއް ޕިކަޕެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފައިވާކަމަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 12:04 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
އެކްސިޑެންޓްގައި ނިޔާވީ ސައިކަލުގައި އިން 43 އަހަރުގެ މީހާއެވެ. ފުލުހުން ބުނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެއް އޭނާ ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށެވެ.
17%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް