
ޗެމްޕިއަންސް ލީގުގެ ފުރުސަތު ލިވަޕޫލަށް ނެތް ނަމަވެސް ސަލާހް ޓީމުގައި މަޑު ކުރާނެ ކަމަށް ކްލޮޕް ބުނީ، ލިވަޕޫލަށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގަ ގެއްލުމުން ހިތާމަކުރާކަމަށް އެޓީމްގެ ފޯވަޑް މުހަންމަދު ސަލާހް ބުނި ބުނުމާ ގުޅިގެންނެވެ.
އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފުރުސަތު ލިވަޕޫލަށް ނުލިބުމުން، ސޯޝަލް މީޑިއާގައި ސަލާހް ބުނެފައިވަނީ ލިވަޕޫލަށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގަ ގެއްލުމުން ހިތާމަކުރާކަމަށެވެ.
ސަލާހްގެ މި ވާހަކައާ ގުޅިގެން ކޯޗު ކްލޮޕް ބުނެފައިވަނީ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމުން އެކަމާ އެންމެވެސް ހިތާމަ ކުރާ ގޮތަށް ސަލާހުވެސް އެކަމާ ހިތާމަކުރާ ކަމަށެވެ. އެކަމަކު ސަލާހު ކްލަބު ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކްލޮޕް ބުންޏެވެ.
ލިވަޕޫލަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ފުރުސަތު ގެއްލުނީ ގަދަ ހަަތަރެއްގެ ތެރޭގައި ނިންމާ ނުލެވުމުންނެވެ. ލިވަޕޫލަށް މި ފަހަރުގެ ލީގުގައި ލިބުނީ ފަސްވަނައެވެ.