ހުކުރު ދުވަހު އޮތް ގައުމީ ޓައިމް ޓްރަޔަލްސްގައި އަންހެނުންގެ 800 މީޓަރުގެ ދުވުމުގައި ރެކޯޑް ފަސޫހާ މުގުރާލީ 2 މިނިޓް 27.92 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ 13 އަހަރުވީ ގައުމީ ރެކޯޑެކެވެ.
މީގެ ކުރިން، މި ރެކޯޑް އޮތީ 2009 ވަނަ އަހަރު ޖަރުމަނުގެ ބާލިންގައި ކުރިއަށްދިޔަ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި އައިޝަތު ރީޝާ އަތުގަ އެވެ. ރީޝާ، ރެކޯޑް ހެދީ 2 މިނިޓް 28:00 ސިކުންތުން ރޭސް ނިންމައިގެންނެވެ.