ފ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިލަންދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނިލަންދޫ ފަޅުގައި ފަތުރުވެރިކަން ތަރައްގީކުކުރުމުގެ މައިގަނޑު އަމާޒަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުން ކަމަށެވެ.
ރައީސް ވިދާޅުވީ ވަޒީފާގެ ފުރުސަތު ފަހިކުރުމަށް ފަތުރުވެރިކަން ފުޅާކުރަންޖެހޭކަމަށާއި އެކަމަށްޓަކައި ނިލަންދޫ ފަޅުން ދެ ރަށް ހިއްކާ އެފަޅުގައި ފަތުރުވެރިކަން ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.
ނިލަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެފަޅުގައި ފަތުރުވެރިކަން ތަރައްގީ ކުރެވުމުން ޒުވާނުންނަށް އާއިލާއާއެކު ރަށުގައި އުޅުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ނިލަންދޫ ފަޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ އިތުރުން ވެސް އެރަށަށް ބޭނުންވާ ގިނަ ކަންކަން ކޮށްދެއްވާނެކަން ރައީސް މިއަދު ވިދާޅުވިއެވެ.