މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) އިން އިންތިޒާމުކޮށްގެން ބާއްވާ މި ފޯރަމްގެ ސްޕޮންސަރުންނާއި ކީނޯޓް ސްޕީކަރުން އިއުލާނުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މެއިން ސްޕޮންސަރެއްގެ ގޮތުގައި އެސްޓީއޯ ހަމަޖައްސާފައިވާއިރު، މި ފޯރަމްގެ އިތުރު ސްޕޮންސަރުންނަކީ:
ފައިނޭންސް ފޯރަމްގެ ސްޕޮންސަރުންނާ އެކު ސޮއިކުރުމަށް ބޭއްވި ހަފުލާ - ފޮޓޯ:ޕެންޝަން އޮފީސް
މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާގެ އިސް ފަރާތްތަކަށް އަމާޒުކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފޯރަމެކެވެ. މި އަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ.
މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "ދަ ފިއުޗާ އޮފް ފައިނޭންސް: އެކްސްޕްލޯރިން ދަ އިންޓަސެކްޝަން އޮފް ފިންޓެކް އެންޑް އޭއައި" އެވެ. މި ފޯރަމްގައި ދިވެހި އަދި ބައިނަލްއަގްވާމީ ސްޕީކަރުން ބައިވެރިވެ، ފައިނޭންސްގެ މުސްތަގުބަލުގައި ފިންޓެކް އާއި އޭއައިގެ ދައުރާއި ރާއްޖޭގެ ފައިނޭންސް ދާއިރާގައި އެ ޓެކްނޮލޮޖީތަކުގެ ދައުރަށް އަލިއަޅުވާލާނެއެވެ.
މި ފޯރަމްގައި ވާހަކަދައްކަވާނެ ބޭފުޅުންގެ ތެރޭގައި: