ads
އަންހެން ވޮލީ ޓީމުގެ ބައެއް މެންބަރުން
ފަހު މެޗުން މޮޅުވެ ފުލަށް ނުގޮސް ރާއްޖެ ސަލާމަތްވެއްޖެ
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕްގައި ރާއްޖޭން ކުޅުނު ފަހު މެޗުން މޮޅުވެ، މުބާރާތުގެ ފުލަށް ނުގޮސް ރާއްޖެ ސަލާމަތް ވެއްޖެއެވެ.

މުބާރާތުގެ އެންމެ ފުލަށް ދިޔަ ދެ ޓީމު ކަމަށްވާ ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު މިއަދު ކުޅުނު މެޗުން ރާއްޖެ މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. 

ރާއްޖޭގެ ތިން ސެޓު ކާމިޔާބު ކުރީ ބަންގަލްދޭޝްއިން ސެޓެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި ތިން ސެޓު ހޯދައިގެންނެވެ. 

މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝް އިން 21-25 އިން ކާމިޔާބުކުރިއިރު، ރާއްޖެއިން ޖެހިގެން އައި ތިން ސެޓު ހޯދީ 25-14، 25-23 އަދި 25-15 އިންނެވެ. 

މި ތިން ސެޓަކީ މުބާރާތުގައިވެސް ރާއްޖެއަށް ލިބުނު ހަމައެކަނި ތިން ސެޓެވެ. ކުރިން ކުޅުނު ހަތަރު މެޗުންވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

މި މެޗުން މޮޅުވުމާއެކު ރާއްޖެއަށްވަނީ އަށް ޓީމު ކުޅުނު މުބާރާތުގެ ހަތްވަނަ ލިބިފައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް