ads
އުރީދޫން ވަނީ ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަކޮށް ސުޕަނެޓް ގޭމާ ޕެކެއް ތައާރަފުކޮށްފައި - ފޮޓޯ:އުރީދޫ
ސުޕަނެޓް ގޭމާ ޕެކް: 50 ރުފިޔާއަށް 50 ޖީބީ ޑޭޓާ
އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަކޮށް ސުޕަނެޓް ގޭމާ ޕެކެއް ތައާރަފުކޮށްފިއެވެ.
Advertisement

އުރީދޫން ބުނީ ސުޕަނެޓް ގޭމާ ޕެކަކީ ގޭމް ކުޅުމަށް ޝައުގުވެރިވާ ހުރިހާ ގޭމަރުންނަށްވެސް ކަމުދާނެ ފުރިހަމަ ޑޭޓާ ޕެކެއް ކަމަށެވެ. ސުޕަނެޓް ގޭމާ ޕެކުން ޑޭޓާ ނެގުމަށް ދެ އޮޕްޝަނެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

  • 50 ރުފިޔާގެ ޕެކް - އެއް ދުވަހަށް 50 ޖީބީ ޑޭޓާ
  • 100 ރުފިޔާގެ ޕެކް - ތިން ދުވަހަށް 100 ޖީބީ ޑޭޓާ

ގޭމު ކުޅޭ ފަރާތްތަކަށް ހާއްސަކޮށް ތައާރަފުކުރި މި ޕެކާ އެކު، ގޭމްތަކާއި ގޭމިން ތަޖުރިބާ އިތުރުކޮށްދޭ ސޮފްޓްވެއާ އަޕްޑޭޓް ކުރާއިރު ޑިސްކަނެކްޝަންއެއް މެދުވެރިވެދާނެތީ ކަންބޮޑުވާން ނުޖެހޭނެ ކަމަށް އުރީދޫން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ މި ޕެކަކީ ގޭމް ކުޅުމަށާއި ލައިވް ސްޓްރީމްކޮށް އަދި ގޭމް އަޕްޑޭޓްކޮށް ސޮފްޓްވެއާ އަޕްޑޭޓް ކުރާ ފަރާތްތަކަށް ވަރަށް ރަނގަޅު ޕެކަކަށް ވާނެ ކަމަށެވެ.

އުރީދޫން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ހާއްސަ ބޭނުންތައް ދެނެގަންނަން ކަމަށާއި މި ޕެކަކީ ގޭމަރުންގެ ޑިމާންޑާ އެއްގޮތަށް ފަރުމާކޮށްފައިވާ ޕެކެއް ކަމުގައެވެ. ގޭމް ކުޅޭ މީހުންނަކީ އުރީދޫގެ ކަސްޓަމަރުންގެ ބޭސްގެ ވަރަށް ބޮޑު ބައެއްކަން ފާހަގަކޮށް އުރީދޫން ބުނީ ގޭމަރުންނަށް ސީމްލޭސް ކަނެކްޓިވިޓީ އާއި އެކަށީގެންވާ މިންވަރަށް ޑޭޓާ ލިއްބައިދިނުމަކީ ކިހާ މުހިންމު ކަމެއް ކަން ވަޒަން ކުރެވޭ ކަމަށެވެ. 

މުޅި ރާއްޖެއަށް 4ޖީ+ ގެ ސައްތައިންސައްތަ ކަވަރޭޖަކާއި މާލެ ސަރަހައްދު ކަވަރު ކުރާ 5ޖީ ނެޓްވޯކާ އެކު، ގޭމަރުންނަށް އުރީދޫ ނެޓްވޯކުން ލެގް ފްރީ އަލްޓިމޭޓް ގޭމިން އެކްސްޕީރިއަންސެއް މިހާރު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސުޕަނެޓް ގޭމަ ޕެކް އެކްޓިވޭޓް ކުރުމަށް: ore.do/gamer100

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް