ads
އެމްޓީސީސީގެ އެމްޑީ ސައުދީ: އެމްޓީސީސީން ބުނި ގޮތުގައި، އެހެން އެއްވެސް ބަޔަކު ކާސްޓްރޯލް މަރުކާގެ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކުމަކީ ރާއްޖޭގެ ގާނޫނާ ހިލާފު ކަމެއް
އެމްޓީސީސީން ހިއްސާއަކަށް 2 ރުފިޔާގެ މަގުން 16 މިލިއަން ބަހަން ނިންމައިފި
އެމްޓީސީސީން ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ހިއްސާއަކަށް 2 ރުފިޔާގެ މަގުން ޖުމްލަ 16 މިލިއަން ރުފިޔާ ބެހުމަށް ނިންމައިފިއެވެ.
Advertisement

މި ނިންމުމަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ނިންމާފައިވާ ނިންމުމެއް ކަމަށާއި، އަދި މިކަން އަހަރީ އާންމު ޖަލްސާ (އޭޖީއެމް) އަށް ހުށަހަޅާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ 27 އޭޕްރީލްގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ތިބި މީހުންނަށެވެ. އެމްޓީސީސީން 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ކުރިން ބަހާފައިވަނީ ހިއްސާއަކަށް 23 ލާރިއެވެ.

އެމްޓީސީސީގެ މާލީ ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޓެކުހަށް ނުކަނޑައި ފައިދާގެ ގޮތުގައި ލިބިފައިވަނީ 165 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10 ގުނަ އިތުރު އަދަދެކެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 151.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 13.3 މިލިއަން ރުފިޔާއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް