އެމްއެންޔޫއިން ބުނީ އެ ޔުނިވާސިޓީގެ މައި މަރުކަޒުގައި ބާއްވާ މި ފެސްޓިވަލް އިފްތިތާހު ކޮށްދެއްވުމަށް ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކަމަށެވެ. މި ފެސްޓިވަލް ކުރިއަށް ދާނީ މިއަދާއި މާދަމާގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އަށް އެ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގެ ޕީއީ ހޯލް ގައި ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެމްއެންޔޫއިން ބުނެފައިވަނީ ފަހި ފުރުސަތުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭ ގޮތަށް 32 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ. މި ފެސްޓިވަލުގައި 6،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ވަނީ ހުޅުވާލާފައި ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި އެ ޔުނިވާސިޓީން ބާއްވާ މި ފެސްޓިވަލަކީ ރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކުގެ އިތުރުން އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކާ ގުޅުވާލަދޭ ބާޒާރެއް ކަމަށެވެ. 'ފުރާތަ - މުޖުތަމައަށް އަނބުރާ ދިނުން' ޝިއާރުގެ ދަށުން ކުރިއަށް ގެންދާ އެމްއެންޔޫ ފަހި ފުރުސަތަށް ވަނުމުގެ ފުރުސަތު ހުރިހާ އާންމުންނަށް ހިލޭ ހުޅުވާލެވިފައިވާނެ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.
އެމްއެންޔޫ ފަހި ފުރުސަތު: 6،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ވަނީ ހުޅުވާލާފައި - ފޮޓޯ:އެމްއެންޔޫ
މި ފެސްޓިވަލް ކުރިއަށް ގެންދިިއުމުގެ މަގުސަދަކީ: