ads
މަހިބަދޫގައި ގައުމީ ޓީމު
ޕެލޭ ސްޓޭޑިއަމް ހުޅުވިމެޗުން ގައުމީ ޓީމު މޮޅުވެއްޖެ
ޕެލޭ ސްޓޭޑިއަމްގެ ނަމުން ނަންދީ، އދ. މަހިބަދޫގައި މިއަދު ހުޅުވި ޕެލޭ ސްޓޭޑިމްގެ އިނޯގްރަލް މެޗުން ގައުމީ ޓީމު މޮޅުވެއްޖެއެވެ.

ޕެލޭ ސްޓޭޑިއަމުން މަހިބަދޫ ސްޓޭޑިއަމަށް ނަން ދީފައިވާއިރު، ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް، ޕެލޭގެ ނަމަށް ހާއްސަކޮށް އެއް ސްޓޭޑިއަމް ބޭއްވުމަށް އފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވަނީ އިލްތިމާސްކޮށްފައެވެ. 

ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި ފެނުނު އެންމެ ހާއްސަ އެއް ކުޅުންތެރިޔާ، ޕެލޭ ވަނީ މިދިޔަ ޑިސެމްބަރު މަހު މަރުވެފަ އެވެ. އުމުރުން 82 އަހަރުގައި ޕެލޭ މަރުވީ ކެންސަރު ބައްޔާއި ހިތުގެ ބައްޔަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދުމަށް ފަހު އެވެ.

މަހިބަދޫއަކީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ އެންމެ ގިނަ ފުޓްބޯޅަ ކުޅުންތެރިން އުފެއްދި އެއް ރަށެވެ. ރާއްޖޭގެ އެއް ނަންބަރު ގޯލް ކީޕަރު އިމްރާން މުހައްމަދާ، ކުރީގެ އެންމެ މޮޅު އެއް ފޯވާޑު އަހްމަދު ތޯރިގް، އަދި މާޒިޔާއާ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ކުޅުނު އަސަދުﷲ އަބްދުﷲ އަސަކޮވެސް ނިސްބަތްވަނީ އދ. މަހިބަދޫއަށެވެ. މި ތިން ކުޅުންތެރިން ނޫނަސް އެ ރަށަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި އަބަދުވެސް ކަހަލަ ގޮތަކަށް ހިމެނެއެވެ.

ޕެލޭ ސްޓޭޑިއަމްގައި މިއަދު ކުޅުނު އެކުވެރިކަމުގެ މެޗުން ގައުމީ ޓީމު މޮޅުވީ ފަސް ލަނޑު ސުން ލަނޑުންނެވެ.

ޕެލޭ ސްޓޭޑިއަމް ހުޅުވައިދިނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑު އަހްމަދު ތޯރިގް އެވެ. ތޯރިގަކީ ގައުމީ ޓީމުގެ ފޯވާޑެއްގެ އިތުރުން ކުރީގެ އެފްއޭއެމްގެ ރައީސްވެސްމެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް