ads
މަގޫދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އޮފީސް އިމާރާތް: އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ - ފޮޓޯ:ފެނަކަ
ފ. މަގޫދޫގައި އަލަށް އިމާރާތްކުރި ފެނަކަ އޮފީސް ރައީސް ހުޅުވައިދެއްވައިފި
ފ. މަގޫދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
Advertisement

މަގޫދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ ރޭ އެރަށުގެ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މަގޫދޫގައި ހުޅުވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އާ އޮފީސް އިމާރާތާ ގުޅޭގޮތުން ބުނީ މިއީ އެ ކޯޕަރޭޝަނުން ހުޅުވި ހަތްވަނަ އިންޖީނުގެ / އޮފީސް އިމާރާތް ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި ބޭނުން ކުރަމުން އައި އިންޖީނުގޭގެ އޮފީސް އިމާރާތަށް ނުވަ އަހަރުވެފައިވާ ކަމަށެވެ.

ކުރީގައި އޮފީސް އިމާރާތެއްގެ ގޮތުގައި ވަކި އިމާރާތެއް އެ ރަށުގައި ނެތް ކަމަށް ފެނަކައިން ބުނެއެވެ. މީގެކުރިން އޮފީސް ހިންގަމުން އައިސްފައިވަނީ އިންޖީނުގޭގެ އެތެރޭގައެވެ. އެތަނުގައި ހުރީ ތިން މުވައްޒަފުންނަށް މަސައްކަތް ކުރާނެ ޖާގައެެވެ.

ފެނަކައިން ބުނި ގޮތުގައި މަގޫދޫގައި އަލަށް އިމާރާތްކުރި އިންޖީނުގޭގެ އޮފީސް އިމާރާތަކީ 50x33 ފޫޓު ބޮޑުމިނުގެ ޒަމާނީ އޮފީސް އިމާރާތެއް ކަމުގައެވެ. އެ އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

your imageމަގޫދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އޮފީސް އިމާރާތް ހުޅުވައިދެއްވާފައިވަނީ ރައީސް ސޯލިހު - ފޮޓޯ:ފެނަކަ

ފެނަކައިން ބުނީ ކުރީގައި ބޭނުން ކުރަމުން އައި އޮފީސް އިމާރާތުގައި ހުރީ ސްޓާފް އޭރިއާއެއް އެކަނި ކަމަށެވެ. އެހެންނަމަވެސް ހުޅުވުނު އޮފީސް އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މީޓިން ރޫމްއަކާއި މެނޭޖަރު ރޫމްއަކާއި ޓެކްނިކަލް ސްޓާފް ރޫމްއަކާއި ރެސްޓް ރޫމްއަކާއި ޕޭންޓްރީއެއްގެ އިތުރުން ފާހާނާއެއް ހިމެނޭ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނި ގޮތުގައި މީގެ ކުރިން ބޭނުން ކުރަމުން އައި އޮފީސް ހުރީ އިންޖީނުގޭގެ ތެރޭގައި ނަމަވެސް އާ އޮފީސް އިމާރާތް ހުންނާނީ މަގޫދޫގެ ބަނދަރު ސަރަހައްދުގައި ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް