ads
ހުޅުމާލެ ފޭސް 2 ގައި ޕާކް ކޮށްފައި އޮތް ޓެކްސީއެއްގައި ރޯވުން: ފައިލް ފޮޓޯ
ހުޅުމާލޭގައި އެއް ރޭމަތިން ދެ އެކްސިޑެންޓް: ހާލު ސީރިއަސް
ހުޅުމާލޭގައި ރޭ ދެ އެކްސިޑެންޓް ހިނގައި، އޭގެ ތެރެއިން އެއް އެކްސިޑެންޓްގައި 29 އަހަރުގެ ޒުވާނަކު ސީރިއަސް ހާލަތެއްގައި އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
Advertisement

ހުޅުމާލޭ ފޭސް އެކެއް އަދި ދޭއް ގުޅުވައިދޭ ބްރިޖުން އަރައިގެން ދަނިކޮށް ވެމްކޯ ސައިޓު ކައިރިން ސައިކަލުން ވެއްޓި އަނިޔާވި ޒުވާނާގެ ބޮލަށާއި ކަނދުރާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އޭނާ އައިޖީއެމްއެޗަށް ބަދަލުކުރީ ރޭ ދަންވަރެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުގައި އެ ޒުވާނާ ސައިކަލުގައި އަންނަނިކޮށް ކުއްލިއަކަށް ބަންޕަރެއް ފެނިގެން ސައިކަލުގެ ބުރެކި ޖެއްސީމަ ސައިކަލު ކަހާލައިގެން ވެއްޓުނީއެވެ.

އޭނާހެ ބޯ ވެސް ފަޅައިގެން ގޮސް، ގައިގެ އެކި ތަންތަން ހުރީ މަށައިގެން ގޮސްފައެވެ. އޭނާގެ ކަނދުރާއަށް ވެސް ވަނީ އަނިޔާވެފައެވެ.

މީގެއިތުރުން ރޭ ހުޅުމާލޭ ފޭސް އެކެއްގެ ނިރޮޅުމަގުގައި ވަނީ އިތުރު އެކްސިޑެންޓެއް ހިނގާފައެވެ.

ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓުގައި ޒުވާން އަންހެނަކަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުލިބެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު މިހާތަނަށް 811 އެކްސިޑެންޓު ހިނގާފައިވާއިރު، މާލެ ސަރަހައްދުގެ މަގުތައް ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ފުލުހުން ދަނީ މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް