ads
ހުޅުމާލޭގައި ހުރި ޕާކިން ސިސްޓަމެއް: ޕާކިން ސިސްޓަމްތައް މަރާމާތުކުރުމަށްފަހު، އެ ތަންތަން އޮޕަރޭޓް ކުރާނެ ފަރާތްތަކެއް ހޯދުމަށް އެޗްޑީސީން ވަނީ އިއުލާނުކޮށްފައި - ފޮޓޯ:އަވަސް
މާލޭގައި އަޅާ ޕާކިން އިމާރާތްތައް އަހަރެއްހާ ދުވަސްތެރޭ ބޭނުންކުރަން ފަށަނީ
މާލޭގައި އަޅާ ޕާކިން އިމާރާތްތަކުގެ ބައެއް އަހަރެއްހާ ދުވަހުގެތެރޭ ބޭނުންކުރަން ފެށޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
Advertisement

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވާހަކަ ދައްކަވަމުން މުނިސްޓަރު ވިދާޅުވީ، މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި "މާލެ ފަހި" ޕްރޮގްރާމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވިގޮތުގައި އެޗްޑީސީއާ ގުޅިގެން 15 ޕާކިން އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ލަސްތަކެއްނުވެ ފެށޭނެއެވެ. މި 15 ޕާކިން އިމާރާތަކީ 4000 އުޅަނދު ޕާކުކުރެވޭނެ ޖާގައިގެ ޕާކިން އިމާރާތްތަކެކެވެ. މިތަންތަނުން ޕާކިންއަށް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީކުރާ އުސޫލުންނެވެ. ވިޔަފާރި އުސޫލުން ތަރައްގީކުރާ ޕާކިން އިމާރާތްތަކުގެ މަސައްކަތް ކުރިއަށްއޮތް ދެތިން އަހަރުގެ ތެރޭގައި ނިމޭނެކަމަށް ސަރުކާރުން ބުނެއެވެ.

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ އުޅަނދުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރާ އުޅަނދުތައް ލިމިޓްކުރުމާއި، އުޅަނދުތަކުގެ އުމުރު ކަނޑައެޅުމާއި، ޕާކިންއަށް ހާއްސަ ސަރަހައްދުތައް ކަނޑައެޅުން ހިމެނެއެވެ. އަދި ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް ވަނީ ހުޅުމާލޭގައި ވަރަށް ގިނަ ބިންތަކެއް ވަގުތީ ޕާކިންގެ ގޮތުގައި ހަމަޖައްސާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް