ads
ފެނަކައިގެ އެމްޑީ މުހައްމަދު ސައީދު ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ފެނަކައިގައި ތިބީ ހުސް ދިވެހިން: އެމްޑީ ސައީދު
ފެނަކާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީވެސް ދިވެހިން ކަމަށާއި ފެނަކައިގެ އެންމެ ބޮޑު ފަހުރަކީވެސް އެއީ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު މަގޫދޫގެ ފެނަކަ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެ ކުންފުނީގައި 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ކަމަށާއި އެއީ ހުސް ދިވެހިން ކަމަށެވެ. 

ސައީދު ވިދާޅުވީ ފެނަކަ އަކީ ދިވެހިން ބިނާކޮށް ކުރިއަރުވަންވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. 

އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަކީ ފެނަކައިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި މި ސަރުކާރު އައި ފަހުން ފެނަކަ މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ. 

"ކޮންސަލްޓަންޓުން ފެށިގެން އެންމެ އާދައިގެ ވަޒީފާއާ ހަމައަށް ވެސް މި ކުންފުނީގައި ތިބީ ހުސް ދިވެހި ދަރިން. އެއްވެސް ރަށެއްގެ އިންޖީނު ބެލެހެއްޓުމަށް ބޭރު މީހަކު ނުހުންނާނެ،"

ސައީދު ވިދާޅުވީ މިއަދު ފެނަކައިގެ މުވައްޒަފުން އަންނަނީ ފަންނީ ގޮތުންނާއި އިލްމީ ގޮތުން ބޭނުންވާ ތަމްރީނުތައް ހޯދަމުންނެވެ. 

ފާއިތުވި އަހަރުގެ ތެރޭގައި ފެނަކައިގެ އެތައް މުވައްޒަފުންނެއް މާސްޓާސް ޑިގްރީ އާއި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފުރިހަމަކޮށް ގްރެޖުއޭޓްވެފައިވާކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ މިހާރުވެސް 270 އަށް ވުރެ ގިނަ މުވައްޒަފުން އެކި ކަހަލަ ތައުލީމީ ތަމްރީނުތައް ފުތިހަމަ ކުރަމުން އަންނަ ކަމަށެވެ. 

ސައީދު ވިދާޅުވީ ރައީސް ސޯލިހު ވެރިކަމާ ހަވާލުވުމުގެ ކުރިން ފެނަކައިން މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީފައިވަނީ އެންމެ ފަސް މުވައްޒަފަކަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް