ads
ކާޖަލް އަދި ޝާހުރުކް ހާން
ކާޖަލްއާ ޝާހުރުކް ހާން އަޅުވާކިޔަން ފަށައިފި
ޝާހުރުކް ހާން އާއި ކާޖަލް ދޭވްގަން އަކީ ގިނަ ފިލްމުތަކަކުން ގިނަބަޔަކަށް ކަމުދިޔަ ޖޯޑެކެވެ.
Advertisement

"ދިލްވާލޭ ދުލް ހަނިޔާ ލޭޖާއޭންގޭ" ފަަދަ އެތައް ފިލްމެއް ވަނީ މި ދެ ތަރިންނާއެކު ސުޕަހިޓް ފިލްމުތަކަށްވެފައެވެ. 

ނަމަވެސް އަޖޭ ދޭވްގަން އާއި ކައިވެނި ކުރި ފަހުން ކާޖަލް ވަނީ ފިލްމީ ހަޔާތާ ފެޔަށްޖެހިފައެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ކާޖޮލް ފިލްމުކުޅުން ހުއްޓާލަން މަޖުބޫރުވީ އަޖޭގެ އާއިލާގެ ނުފޫޒުންނެވެ. 

ނަމަވެސް އިއްޔެ މިވަނީ ތަފާތު މަންޒަރެއް ފެނިފައެވެ. އެއީ "އައިއައިއެފްއޭ އެވޯޑްސް" އަށް ކާޖޮލް ދިޔައެވެ. ޝާހުރުކް ހާން ވެސް ހުރީ އޭނާގެ އަންހެނުން ގައުރީއާއެކު އިވެންޓަށް ގޮހެވެ. 

ކުއްލިއަކަށް ކެމެރާތައް ހުއްޓުނީ ޝާހުރުކް ހާން އެއް އަތުން އޭނާގެ އަންހެނުން ގައުރީ އަދި އަނެއްއަތުން ކާޖޮލް ގޮވައިގެން ހިނގައިގަތުމުންނެވެ. 

ކެމެރާމަނުންގެ އެދުމަށް އެންމެ ފަހުން ދެތަރިން ފޮޓޯއަކަށްވެސް ހުއްޓުނެވެ. ފޮޓޯއަށް ހުއްޓުމުން ވެސް ޝާހުރުކް ހާން ބޭނުންވީ ކާޖަލްއާއި ޖެހި ފިތިގެން އޭނާއަށް ބޮސް ދެމުން ފޮޓޯ ނަގާށެވެ. 

މި މަންޒަރުތަކާއެކު މުޅި އިންޓަނެޓަށް ވަނީ ކުޑަވަރެއްގެ ތޫފާނެއް އައިސްފައެވެ. ކޮމެންޓު ކުރާ ގިނަ މީހުންނާއި، ޓްރޯލް ކުރާ ޕޭޖުތަކުން އަންނަނީ ޝާހުރުކް ހާން ކާޖަލްއާ ކައިވެނި ނުކުރީ ކީއްވެތޯ ސުވާލުކޮށްފައެވެ. އަދި އެ ދެތަރިން އެކަކު އަނެކަކާ އަޅުވާކިއުން ވަނީ ވަރަށްބޮޑަށް ފަށާފައެވެ. 

10%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް