ads
ރޮނާލްޑޯ
ރޮނާލްޑޯ ހުސް އަތާ ސީޒަން ނިންމާލައިފި
އަލް އިއްތިފާގު އަތުން މޮޅު ނުވެވުމުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލްނަސްރަށް ސައުދީ ޕްރޯ ލީގުގެ ތަށި ގެއްލިއްޖެ އެވެ.

އައް ނަސްރަށް ލީގު ހޯދުމުގެ ފުރުސަތު ގެއްލުނީ ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި އަލް އިއްތިފާގާ ކުޅެ މޮޅު ނުވެވުމުންނެވެ. މި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

ސައުދީ ޕްރޯ ލީގުގައި ކޮންމެ ޓީމަކަށް އެއް މެޗު ބާކީ އޮތްއިރު ނަސްރަށް ލިބިފައި ވަނީ 64 ޕޮއިންޓެވެ. އެއްވަނައިގައި އޮތް އަލް އިއްތިހާދުން ވަނީ ރޭ އަލް ފައިހާ އާ ވާދަކޮށް 3-0 އިން މޮޅުވެ، 69 ޕޮއިންޓް ހަމަކޮށް ލީގުގެ ޗެމްޕިއަންކަން ޔަގީން ކޮށްފަ އެވެ.

ރޭގެ ނަތީޖާއާއެކު މި ސީޒަން ވެގެންދާނީ، ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ތަށްޓެއް ނުހޯދައި ޖެހިޖެހިގެން ދެ ސީޒަން ނިންމާލި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަންގައި ޔުނައިޓެޑާއެކު ހުސް އަތާ ނިންމާލިއިރު، ޔުނައިޓެޑުން ދެން އޭނާ ބަދަލުވީ ސައުދީ ލީގަށެވެ. ސައުދީ ލީގުގައި ހުސް އަތާ ސީޒަން ނިންމާލިއިރު، ޔުނައިޓެޑު ދޫކޮށް ރޮނާލްޑޯ ދިޔަ ފަހުން އެ ކްލަބުންވަނީ ތަށްޓެއް ހޯދައި އަދި އިތުރު މުބާރާތެއްގެ ފައިނަލަށް ދަތުރުކޮށްފައެވެ.

ނަސްރާ އެކު ވެސް ރޮނާލްޑޯ އަށް މި ސީޒަންގައި ތިން ތަށި ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް ސައުދީ ސުޕަ ކަޕާއި ސައުދީ ކިންގް ކަޕުން ވެސް ރޮނާލްޑޯއާ އެކު އެޓީމު ކެޓީ ސެމީ ފައިނަލުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް