
އުރީދޫ މޯލްޑިވްސްއިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން މަގުބޫލް ބްރޭންޑްތަކުގެ ސްމާޓް ފޯނާއި އެކްސެސަރީޒް، 80 އިންސައްތަ އާ ހަމައަށް ލިބޭ ބޮޑެތި ޑިސްކައުންޓްތަކާ އެކު، މާކެޓުގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގަނެވޭނެ ކަމަށެވެ.
މި ސޭލްގައި ކަސްޓަމަރުންނަށް މަގުބޫލު ބްރޭންޑްތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒްތައް ކޮންމެތާކުން، ކޮންމެވަގުތަކުވެސް ގަނެ، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނެފައިވަނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި އައިފޯން، އެޕަލް ވޮޗް، އެއާޕޮޑްސް، ސެމްސަންގް ފޯނު އަދި ގަޑީގެ އިތުރުން ވާވޭގެ މަގުބޫލް ފޯނުތައް ގަނެވޭނެ ކަމަށެވެ. މި ޕްރޮމޯޝަނުގެ ދަށުން ލިބެންހުރި ޑިވައިސްތައް މޫލީ ވެބްސައިޓް އަދި އުރީދޫ އެޕުގައި 'މޫލީ އަގު ހެޔޮ ސޭލް' ސެކްޝަނުން ފެންނަން ހުންނާނެ ކަމަށް އުރީދޫން ބުނެއެވެ.
އެ ކުންފުނިން ބުނީ މި ސޭލަކީ ފޯނު، އެއާޕޮޑް ނުވަތަ ގަޑި އަޕްގްރޭޑް ކޮށްލަން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް ރަނުގެ ފުރުސަތެއް ކަމަށެވެ. މި ސޭލް މެދުވެރިކޮށް ވިޔަފާރިކުރުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް މޫލީއިން މަރުހަބާ ކިޔާ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނި ގޮތުގައި ފުޅާވަމުން އަންނަ އޮންލައިންކޮށް ވިޔަފާރިކުރެވޭ ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއެންސްއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތް މޫލީއިން ފޯރުކޮށްދޭ ކަމުގައެވެ. މި ޕްލެޓްފޯމްގެ ހާއްސަ އަނެއް ކަމަކީ ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް ފަސޭހަކަމާ އެކު ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެގެން ދިއުން ކަމަށް އުރީދޫން ބުނެއެވެ.
އެ ކުންފުނިން ބުނެފައިވަނީ މި ހިދުމަތްތަކާ އެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފައި ކަމަށެވެ. ވިޔަފާރި އޮންލައިންކޮށް އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދޭން ބޭނުންވާ ކޮންމެ ފަރާތަކަށް މޫލީއިން ވަނީ އެ ފުރުސަތު ހުޅުވާލާފައި ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫން ބުނީ އިތުރު ފަރާތްތަކުން މޫލީ އާ ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިއަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ކަމަށެވެ.
މޫލީ އަގު ހެޔޮ ސޭލް މެދުވެރިކޮށް ވިޔަފާރިކުރުމަށް: