ads
ލޫޓަން ޓައުންގެ ކުޅުންތެރިން
ލޫޓަން ޓައުން ޕްރިމިއާ ލީގަށް ކޮލިފައިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގަށް ލޫޓަން ޓައުން ކޮލިފައިވެއްޖެއެވެ.

ލޫޓަން ޓައުންއަކީ މީގެ ނުވަ އަހަރު ކުރިން އިނގިރޭސި ފުޓްބޯޅައިގެ ފަސްވަނަ ޑިވިޝަނުގައި އޮތް ޓީމެކެވެ. ލޫޓަން ޓައުން ޕްރިމިއަރ ލީގަށް ޕްރޮމޯޓްވީ ރޭ ކުޅުނު ޗެމްޕިއަންޝިޕް ޕްޅޭ އޮފް ފައިނަލް ކާމިޔާބުކޮށްގެންނެވެ.

ރޭ ކުޅުނު ޕްލޭ އޮފް ފައިނަލް ލޫޓަން ކާމިޔާބުކުރީ ކޮވެންޓްރީ ސިޓީ އާއި ބައްދަލުކޮށް ފުރިހަމަ ވަގުތު ހަމަވިއިރު އެއް ލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ހަލަނޑު ފަސް ލަނޑުންނެވެ.

މިމެޗްގެ ޕެނަލްޓީ ޝޫޓް އައުޓްގައި ދެޓީމުން ޖެހި ފުރަތަމަ ފަސް ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. އަދި ސަޑަން ޑެތުގައި ލޫޓަންގެ ޑޭން ޕޮޓްސް އޭނާގެ ޕެނަލްޓީ ކާމިޔާބުކުރިއިރު ކޮވެންޓްރީގެ ފަންކަޓީ ޑާބޯ ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑުމަތިން ބޭރަށެވެ.

އިނގިރޭސި އެންމެ މަތީ ލީގުގައި ލޫޓަން އެންމެ ފަހުން ކުޅުނީ 31 އަހަރު ކުރިން 1992 ވަނަ އަހަރު އެވެ. މިއީ އިނގިރޭސި ލީގު ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރި ފަހުން އެޓީމަށް ލީގުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އެ ޓީމުގެ ދަނޑު، " ކެނިލްވޯތު ރޯޑް ސްޓޭޑިއަމް" އަކީ 10،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ލޫޓަންގެ ދަނޑު ވެގެންދާނީ އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ މަދުން ސަޕޯޓަރުން ވަދެވޭ ދަނޑަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް