ads
ކްރިމިނަލް ކޯޓުގެ މައި ދޮރާށި
ބިރު ދައްކައި ބޭބެ މަރާލާނެ ކަމަށް އިންޒާރުދިން މީހަކު ޖަލަށް
އާއިލީ މައްސަލަތަކެއްގެ ތެރެއިން، ވަޅިން ބިރު ދައްކައި ބޭބެ މަރާލާނެ ކަމަށް އިންޒާރުދީ އަދި މުދަލަށް ގެއްލުން ދިން މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

މިއީ މާލޭގައި މީގެ އަހަރެއްހާ ދުވަސް ކުރިން ހިނގި ހާދިސާއެކެވެ. މި ހާދިސާގައި، ކޮއްކޮވަނީ ބޭބެއަށް ވަޅިން ބިރު ދައްކައި މަރާލާނެ ކަމަށް އިންޒާރުދީ އަދި ގޭތެރޭގައި ހިފާ ގެންގުޅޭ ވަރަށް ގިނަ ސާމާނު ހަލާކުކޮށްފައެވެ. 

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި ހާދިސާގައި، ކޮއްކޮވަނީ ބޭބެއަށް އިންޒާރު ދިނުމުގެ އިތުރުން ގޭގެ ލޫވަރުތައް ތަޅާލައި، ކަރަންޓް ސްވިޗް ބޯޑަށް ފެން އަޅައި އަދި ދޮންނަމެޝިނަށް ފެން އަޅައި، އޭގެ ތެރެއަށް ކަރަންޓް ވާގަނޑެއް ލައި ޝޯޓްކޮށްލައިގެން ކަރަންޓް ކަނޑާލައި އަދި ގޭގައި އަލިފާންވެސް ރޯކޮށްފައެވެ. 

މި މައްސަލަގައި ފިރިހެން ކޮއްކޮގެ މައްޗަށް ދައުލަތުން އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ދައުވާއާއި، މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އުފުލާފައިވެއެވެ. މީގެ ތެރެއިން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ސާބިތުވެ، 18 ދުވަހުގެ ޖަލު ހުކުމެއް ކުރިއިރު، އަނިޔާއެއް ދީ ބިރުދެއްކުމުގެ ކުށުގެ ދައުވާ ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. 

ކްރިމިނަލް ކޯޓުން މި ހުކުމް އިއްވާފައިވަނީ އާދިއްތަ ދުވަހުއެވެ. ހުކުމް އިއްވީ ގާޒީ އާދަމް މުހައްމަދެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް