ads
ޕޫޓިން އަދި އެލެގްޒެންޑާ ލުކަޝެންކޯ
ޕޫޓިންއާ އެކު ބޭއްވި ބައްދަލުވުމަށްފަހު ބެލަރޫސްގެ ރައީސް އައިސީޔޫއަށް
ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްފައިވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރެއްވުމަށްފަހު ކަމަށް ބެލަރޫސްގެ އިދިކޮޅު ލީޑަރަކު ވިދާޅުވެއްޖެއެވެ.

ދެހާސް ވިހި ވަނަ ވަނަ އަހަރުގެ އިންތިހާބަށް ފަހު ބެލަރޫސް އިން ފިލައިގެން ދިޔަ އިދިކޮޅު ލީޑަރު ސްވިއަޓްލާނާ ސިޚަނޯސްކާޔާ ބުނީ އެ ބައްދަލުވުމަށް ފަހު ލުކާޝެންކޯ މޮސްކޯގެ ހޮސްޕިޓަލުގެ އައިސީޔޫއަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް ވީ ކިިހިނެއްކަމެއް އޭނާ ހާމައެއް ނުކުރެއެވެ. 

ލުކާޝެންކޯގެ ސިއްހަތާ ބެހޭ ގޮތުން މީގެ ކުރިން ވެސް ގިނަބަޔަކު ވަނީ ޝައްކު އުފައްދާފައެވެ. 2015 ވަނަ އަހަރު އެބޭފުޅާ ވަނީ ހިތުގެ ބައްޔެއްގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. 2019 ވަނަ އަހަރު އެބޭފުޅާ އާންމުތަނަކަށް ނުކުތްފަހުން މުޅިގައިން ވާގި ދިޔަތަން ވެސް ވަނީ ފެނިފައެވެ. 

ނަމަވެސް ލުކާޝެންކޯ ވަނީ އޭނާ ބަލިވެ އުޅޭ ހަބަރު ދޮގުކުރައްވާފައެވެ. އެބޭފުޅާ ވަނީ ސިއްހީ ހާލު ރަނގަޅު ކަމަށާއި މަގާމުން ވަކިނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ލުކާޝެންކޯ އާއި ޕޫޓިންގެ ބައްދަލުވުމުގައި ވަނީ "ޓެންޝަން ބޮޑު" ބައްދަލުވުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ދެ ލީޑަރުން ވަނީ ޔޫކްރޭންގެ ހާލަތާއި ބެލަރޫސްއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ލުކާޝެންކޯ އަކީ ޕޫޓިންގެ ގާތް އެކުވެރިއެކެވެ. އެބޭފުޅާގެ މައްޗަށް ވަނީ 2020 ވަނަ އަހަރުގެ އިންތިހާބު އޮޅުވާލުމާއި، އިދިކޮޅު ޕާޓީއަށް ދަތިތައްކުރިމަތިކުރާ ކަމުގެ ތުހުމަތު ކުރެވިފައެވެ. އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އިން ވަނީ ލުކާޝެންކޯ އާއި އޭނާގެ ސަރުކާރަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

ލުކާޝެންކޯ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަކީ ބެލަރޫސްގައި ބޮޑުވަމުން އަންނަ ނުތަނަވަސްކަމުގެ ނިޝާނެކެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް