ads
އެމްއާރުއެމް އުފެއްދި ރޭ ބޭއްވި ޖަލްސާގެ ތެރެއިން---ފޮޓޯ: އެމްއާރުއެމް
އެމްއާރުއެމް އުވާލުން މަޑުޖައްސާލަން އަމުރެއް ނެރެފި
މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މަޑުޖައްސާލުމަށް، ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.

އެމްއާރުއެމް އުވާލުން ފަސްކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރު ނެރުނީ، މިމައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެމްއާރުއެމުން އެދުމުންނެވެ.

މި އަމުރު ސިވިލް ކޯޓުން ނެރެފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. އެމްއާރުއެމުން ވަގުތީ އަމުރަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ވަނީ އެޕާޓީ އުވާލަން ނިންމި ނިންމުންމާގުޅޭ މައްސަލައެއް އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް 30 ދުވަހުގެ ތެރޭ ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

މިމައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓުން އަމުރު ނެރުނީ އެކޮމިޝަނުގެ ގައިރު ހާޒިރުގައެވެ.

ޝަރީއަތުން ވަކި ގޮތެއް އަންގަންދެން، އެމްއާރްއެމް އުވާލުމަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން އީސީގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

އިލެކްޝަންސްއިން ހާމަކުރި މައުލޫމާތުގައިވާގޮތުން ފެބުރުއަރީއާ ހަމައަށް އެޕާޓީގެ މެމްބަރުންގެ އަދަދަކީ 2،981 އެވެ. މަދުވަނީ 21 މެންބަރުންނެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް