
ދަ ޑިމޮކްރެޓްސްއަށް މެމްބަރުން ހޯދުމުގެ މަސައްކަތުގެ ތެރެއިން
ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރުމުން ކަންބޮޑުވުމެއް ނެތް
29 މޭ 2023 - 08:17:06
ރައީސް ނަޝީދުގެ އަރިސް ބޭފުޅުން އިސްކޮށް ތިއްބަވާ އުފެއްދުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އަށް އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ސޮއި ކުރެއްވުމުން ކަންބޮޑުވުމެއް ނެތްކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅު ވެއްޖެ އެވެ.
"ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރި އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އިބުރޭ އިއްޔެ ވިދާޅުވީ އެމްޑީޕީގެ ސްލޮޓެއްގައި ސަރުކާރުގައި ހުންނަވާ ބޭފުޅަކު އެމްޑީޕީން ދޫކޮށްލުމުން އެމީހަކު ސަރުކާރުން ވަކިކޮށްދިނުމަށް އެދޭނެކަމަށެވެ.
"ދަ ޑިމޮކްރެޓްސްއަށް ސޮއިކޮށްގެނެއް ނޫން ވަކިކުރީ. ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރުމުން ކަންބޮޑުވުމެއް ވެސް ނެތް. އަޅުގަނޑުމެން މި ބުނަނީ މިއީ ކޯލިޝަން ސަރުކާރެކޭ. މި ސަރުކާރުގައި އެމްޑީޕީ ސްލޮޓެއްގައި ހުންނަވާ ބޭފުޅަކު އެމްޑީޕީ ދޫކޮށްލުމުން ސަރުކާރުން ވަކިކުރަން އެމްޑީޕީން އެދޭނެ" އިބުރޭ
އިބުރޭ އިއްޔެ ވިދާޅުވީ އެގޮތަށް ފާހަގަވި 10 ބޭފުޅަކު އެމްޑީޕީން ވަކިކުރުމަށް އެދިފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރުވުން އެކަށީގެންވާކަމަށް ވެސް އިބުރޭ ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ސޮއިކުރާ ސަރުކާރުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުން ގެންދާކަމަށް ބުނެ، އެކަން ކުށްވެރިކޮށް ދަ ޑިމޮކްރެޓްސް އިން އިއްޔެ ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް