ads
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން:--
ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އަމިއްލަ އަށް ވޯޓް ދިނުމާއި ގުޅޭ ބިލެއް
ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އަމިއްލަ އަށް ވޯޓް ލެވޭ ގޮތަށް އިންތިހާބުތަކާއި ބެހޭ އާންމު ގަވައިދަށް ބަދަލު ގެނައުމަށް، ރައްޔިތުން މަޖުލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު މަޖުލީހަށް ހުށައަޅައިފި.

މި ބިލާ ގުޅޭ ގޮތުން މިއަދު ވާހަކަފުޅުދައްކަވަމުން ޖީހާން ވިދާޅުވީ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ވޯޓް އަމިއްލަ އަށް ދިނުމުގެ ބޭނުމަކީ އެމީހެއްގެ އަމިއްލަ އިހުތިޔާރުގާ އެހެން މީހެއްގެ އެހީތެރިކަމާ ނުލާ ފާހަގަޖަހަން ބޭނުންވާ ފަރާތްތަކަށް އެކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

މިއީ ގާނޫނުގެ 45 ވަނަ ވާނަ މާއްދާގައި ކަނޑައެޅިފައިވާ ވޯޓް ލުމުގެ ހައްގުކަމަށާއި، ނަމަވެސް މި ގޮތަށް މީގެ ކުރިން ވޯޓް ލީ ނަމަވެސް ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެހެންމީހަކު ލައްވާ ވޯޓް ކަރުދާހުގައި ފާހަގަ ޖެހުމުގެ ސަބަބުން ވޯޓްލުމުގެ ފުރިހަމަ ހައްގުން އެފަދަ ފަރާތްތައް މަހުރޫމް ވެފައިވާ ކަމަށް ޖީހާން ވިދާޅުވިއެވެ.

އަދި އިތުރަށް ޖީހާން ފާހަގަކޮށްފައިވަނީ މިފަދަ ޓެމްޕްލެޓެއް ގާއިމު ކުރެވުމުގެ ސަބަބުން ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަތަކަަށް ވަރަށްގިނަ ހައްގުތައް ފަހިގެންދާނެ ކަމަށާ، އޭގެ ތެރޭގައި ނުފޫޒެއްނެތި އެމީހެއްގެ ފުރިހަމަ އިހުތިޔާރުގައި ވޯޓް ދެވުމާއި، ވޯޓްގެ ސިއްރު ހިފެހެއްޓުމުގެ ހައްގު އެފަދަ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.

" ހަގީގަތުގައިވެސް ވޯޓް ކަރުދާހުގައި ޖަހަނީ އެމީހާ އިޙްތިޔާރު ކޮށްފައިވާ މީހާގެ ނަންތޯވެސް ޔަގީން ކުރެވޭނެ" - ޖީހާން

އެހެންކަމުން ފެނުމުން މަހުރޫމްވެފައިވާ ފަތާރަކަށް ވޯޓް ލުމުގައި ޓެމްޕްލެޓެއް ތައްޔާރު ކުރެވޭނެ ކަމަށާއި، އެއީ ޕްލާސްޓިކް ޓެމްޕްލެތެއް ކަމަށްވެސް ޖީހާން ވިދާޅުވިއެެވެ.

އަދި އެ ޓެމްޕްލެޓްގެ ތެރޭގައި ކަރުދާސް ގަނޑު ބޭއްވޭނެ ކަމަށާއި، ނުވަތަ ކަރުދާސް ގަނޑު މަތީގައިވެސް ޓެމްޕްލެޓް ބޭއްވޭނެ ކަމަށް ވިދާޅުވަމުން ޖީހާން ފާހަގަކުރެއްވީ، އެ ޓެމްޕްލެޓްގައިވާ ގޮތުން ވޯޓް ލާން ބޭނުންވާ މީހާގެ ނަމާ ދިމާލުގައި ފާހަގަކުރެވޭނެ ފަދަ ވަސީލަތެއް ހުންނާނެ ކަމަށާއި، އޭރުން އަމިއްލަ އިހުތިޔާރުގައިވެސް މީހެއްގެ އެހީތެރި ކަމަކާއި ނުލާ ވޯޓް ލެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް