ads
ވެލިދޫ ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ
ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ މަަސައްކަތް އެމްޓީސީސީން ނިންމައިފި
ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ވެލިދޫ ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ވެލިދޫ ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 18.39 މިލިއަން ރުފިޔާއަށް ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
ވެލިދޫއަކީ 2،700 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގެ ރައްޔިތުން އާންމުކޮށް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އަދި މަސްވެރިކަމުގެ ދާއިރާގައި މަދު ބަޔަކު މަސައްކަތް ކުރެއެވެ. ދޯނި އެހެލާ ވަކި ސަރަހައްދެއް ނެތުމުގެ ދަތިކަން ވެލިދޫ ރައްޔިތުން ދަނީ ޒަމާނުއްސުރެ ތަހައްމަލު ކުރަމުންނެވެ. އެ ރަށަކީ ސަފާރީތައް ގިނަ އަދަދަކަށް އެހެލާ ރަށަކަށް ވާތީ، ރައްޔިތުން އުފުލަން ޖެހޭ ދަތިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. 

އެކަން އެހެން އޮއްވައި، ރައީސް ސޯލިހުގެ ސަރުކާރުން މިހާރު ވަނީ އެ ދަތިކަން ހައްލުކޮށްދެއްވައި ޒަމާނީ ދޯނި އެހެލާ ސަރަހައްދެއް ވެލިދޫގައި ގާއިމުކޮށްދެއްވާފައި ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނެފައިވަނީ ފުރިހަމަ ކުރެވުނު ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއާ އެކު، ވެލިދޫ ރައްޔިތުންނަށް ދޯންޏާއި ސަފާރީ އެހެލުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

your imageވެލިދޫ ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 1.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި ހިއްކި ސަރަހައްދުގައި 138،247 އަކަ މީޓަރުގެ ބިންގަނޑު އެއްވަރުކުރުމާއި 214 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 100 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރެވިފައިވާ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް