ads
ރާއްޖެގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ދެ ވަޒީރުން ދިފާއު ކުރަން އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފި
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ދެކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕީޖީން ތްރީ ލައިން ވިޕެއް ނެރެފި އެވެ.

އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފައި މިވަނީ އެޕާޓީގެ ޕީޖީން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. 

މިނިސްޓަރު ޝާހިދާއި ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކާލުމާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން އުފެއްދި އިއްތިހާދުންނެވެ. 

ދެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި ޕީޕީއެމް ޕީއެންސީގެ އިތުރުން އެމްއެންޕީ، ޖޭޕީ އަދި އެމްޑީޕީން ވަކިވެ ވަޑައިގަތް 12 މެންބަރުން ހިމެނި ވަޑައިގަންނަވަ އެވެ. 

ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ތައާވަލްކޮށްފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު އޮންނަ ޖަލްސާއަށެވެ. މިނިސްޓަރު ޝާހިދުގެ މައްސަލަ ތައާވަލްކޮށްފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށެވެ. 

ދެ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސް ކުރުމަށް ބޭނުންވާ ވަރަށް މަޖިލީހުގައި އެ ޕާޓީތައް ތަމްސީލުކުރާ މެންބަރުންނެއް ނުތިއްބަވަ އެވެ. 

މިނިސްޓަރު ޝާހިދާއި ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް 50 މެންބަރުންގެ ސޮޔާއިއެކު އެމްޑީޕީން ވަނީ ހުށަހަޅާފަ އެވެ. 

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަޔާއި އެއްކޮޅަށް ވޯޓު ދިނުމަށްވެސް އެމްޑީޕީން ވަނީ ތްރީ ލައިން ވިޕެއް ނެރެފަ އެވެ. އީވާގެ މައްސަލަ ތައާވަލްކޮށްފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް