ads
ހާލުދެރަވި އަންހެނަކު ސިއްހީ މަރުކަޒަކަށް ގެންދަނީ
ސިއްހީ ދާއިރާ: ބޮޑުވި މުސާރައާއެކު އިހުމާލު މާބޮޑު!
ސިއްހީދާއިރާގެ އިހުމާލުގެ ވާހަކަ އަކީ އަބަދުވެސް ދައްކާ ވާހަކައެކެވެ. އެދާއިރާއަކީ އަބަދުވެސް ކޮރަޕްޝަން އޮތްކަމަށް އެތައް ތުހުމަތެއް ކުރެވޭ ދާއިރާއެކެވެ.
Advertisement

ސާބިތު ވުމާއި ނުވުން އެއީ އެހެން ކަމެކެވެ. 

ފަސާދައާއި ކޮރަޕްޝަނުގެ ވާހަކަ އެއްކައިރީގައި ބާއްވާށެވެ. 

ރާއްޖޭގެ ސިއްހީ ނިޒާމުގައި ހުރި ދޯހަޅި ގޮތްގަނޑާއި، ޒަމާންވީ ކަންނެތް ވައްޓާފާޅީގެ ސަބަބުން ކަނޑަށާއި އެއްގަމަށް އެތައް ބަޔަކު ވަނީ މަރުވެފައެވެ. އެމްބިއުލާންސް ލަސްވުމާއި ޑޮކްޓަރު ނައުމާއި ބޭސް ނެތުމުގެ ސަބަބުން ހިނގާފައިވާ މަރުގެ އެތައް މައްސަލަ ތަކުގެ އިތުރުން މީހުންނަށް ލިބޭ ސިއްހީ އެތައް ވޭނެއްގެ ވާހަކަ އަކީ ދައްކާ ކޮޅުންލާ ވާހަކަ ތަކެއް ނޫނެވެ. 

ސިއްހީ ދާއިރާއަށް އެތައް ހޭދައެއް ދައުލަތުން ކުރަމުންދާއިރު އެދާއިރާއިން ކުރިއެރުން ނުފެންނަ ވާހަކަ އަކީ ކޮންމެ ވަގުތަކު ވެސް ދައްކާ ވާހަކައެކެވެ.

ދާދި ފަހުން ހިނގި ހާދިސާއެއްގެ ވާހަކައެވެ. އައިޖީއެމްއެޗްއިން ކަށީގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ހަށިގަނޑަށް އެމީހާ އޮޕަރޭޓް ކުރަން ގެންގުޅުނު ބުރުމާއެއްގެ ކަށި ދިޔަ ވާހަކައެވެ. 

ސޯސޯޝަލް މީޑިއާގައި މީހަކުކޮށްފައިވާ ޕޯސްޓެއްގައި މިވާހަކަތައް ފެތުރުމާ ގުޅިގެން ސީއެންއެމްއިން ސުވާލު ކުރުމުން އައިޖީއެމްއެޗްއިން ބުނީ އެފަދަ މައްސަލައެއް ހުށަހެޅިފައި ނުވާ ކަމަށާއި އެފަދަ މައްސަލަތައް ހުށަހެޅުމަށް އުސޫލު ތަކެއް އޮންނަ ކަމަށެވެ.

މައްސަލަ ޖެހުމުން އެމައްސަ ހުށަހަޅަން ޖެހޭއުސޫލުތައް ގިނަ މީހުނަށް އެނގެއެވެ. އެކަމަަކު ދައުލަތުގެ ފަރާތުން އެފަދަ ކަންކަމަށް ފަރުވާ ލިބެނީ ކިތައް މީހުނަށް ބާވައެވެ. 

އިހަކަށް ދުވަހު މިފަދަ ދެވަނަ ހާދިސާއެވެ. ލޭއަޅާ ކުދީންނަށް ބޭނުންވާ ބޭހެއް ހުސްވި ވާހަކައެވެ. ޑެސްފަރެލް ރާއްޖެއިން ހުސްވި ވާހަކަވެސް ފެންމަތިވީ ސޯޝަލް މީޑިއާގައި މީހަކު ޝަކުވާތައް ބަންޑުން ކޮށްލުމުންނެވެ. 

your imageސިއްހީ މަރުކަޒެއް

އެކަމާގުޅިގެން ހެލްުތު މިނިސްޓްރީން ބުނީ އެ ބޭސް ހުސްވެފައިވަނީ އެމިނިސްޓްރީ ނުވަތަ އެސްޓީއޯގެ ސަބަބަކުން ނޫން ކަމަށާއި، ބޭސް އުފައްދާ ފެކްޓްރީގެ ސަބަބުން ކަމަށެވެ. އެ ފެކްޓްރީން ބޭސް އުފެއްދުމުގައި ދިމާވި ޓެކްނިކަލް އެރާއެއްގެ ސަބަބުން ކަމަށެވެ.

ބޭސް ގަންނަނީ އެކުންފުނިން އެކަނިތޯ ސުވާލު ކުރުމުން ވިދާޅުވީ އެމަސައްކަތަކީ އެސްޓީއޯއިން ކުރާ ކަމެއް ކަމަށާއި އެކަން އެނގޭނީ އެސްޓީއޯއަށް ކަމަށެވެ. ބޭސް ލިބެން އަނންނަނީ މިމަހު 15 ގައެވެ.

ސިއްހީ ދާއިރާގެ މުސާރަ ބޮޑު ކޮށްފިއެވެ. ހިތްހަމަ ޖެހިގެން ވަޒީފާ އަދާ ކުރެވޭ ވަރުގެ މުސާރައެއް ދެނީ ކަންކަން އަނެއްކާ ވެސް ރަނގަޅު ކުރުމަށެވެ. އެހެންނަމަވެސް އެފަދަ މަންޒަރެއް ނުފެނެއެވެ. 

މިކަންކަން މިހެން ހުރި އިރު ދެން އަޑު އިވޭ އަނެއް ވާހަކަ އަކީ އާސަންދައިގައި ހުރި ރުފިޔާ ކޮޅު ހުސްވި ވާހަކައެވެ. ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ މިއަހަރަށް އާސަންދައަށް ބަޖެޓްކޮށްފައި ހުރިއިރު މިހާރު އާސަންދާގައި ހުރީ 136 މިލިޔަނެއްހާ ރުފިޔާއެވެ. 900 މިލިޔަން ހުސްވީއެވެ. އަހަރު އަދި ދެބައި ނުވެއެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް