ads
ހާލުގައި ޖެހިފައިވާ ގައުމުތަކާއި ސަރަހައްދުތަކަށް އެހީތެރިވެދިނުމަށް އާބަންކޯއިން އައިއޭސީ އާއެކު އެމްއޯޔޫއެއްގައި ސޮއިކުރުން - ފޮޓޯ:އާބަންކޯ
ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އެހީވުމަށް އާބަންކޯއިން އައިއޭސީ އާއެކު އެމްއޯޔޫއެއް
ހާލުގައި ޖެހިފައިވާ ގައުމުތަކާއި ސަރަހައްދުތަކަށް އެހީތެރިވެދިނުމަށް އާބަންކޯއިން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އައިއޭސީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޗެއާމަން އަހުމަދު އިގްބާލެވެ. 

އައިއޭސީއަކީ ދުނިޔޭގެ އެކި ހިސާބުތަކުން ހަނގުރާމަވެރި ސަރަހައްދުތަކާއި ހާލުގައި ޖެހިފައިވާ އަދި އެހީތެރިކަން ބޭނުންވާ ސަރަހައްދުތައް ފާހަގަކޮށް އެ ފަރާތްތަކަށް ބޭނުންވާ ފަންޑު ހޯދައި އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޖަމިއްޔާއެކެވެ. އެގޮތުން ސީރިޔާ ފަދަ ހަނގުރާމަވެރި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ކާބޯތަކެއްޗާއި ފެނާއި ގެދޮރު ބިނާކޮށްދިނުން އަދި އެނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް އައިއޭސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއެވެ. 

އާބަންކޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން އައިއޭސީގެ މައިގަނޑު ރޯލަކީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެތަންތަނަށް ބޭނުންވާ އެހީ އާބަންކޯގެ ފަރާތުން ފޯރުކޮށްދިނުމަށް އެހީތެރިވުން ކަމަށެވެ. އެގޮތުން ލޯކަލް ލީޑަރުންނާއި ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތްކޮށް، މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުއްދަތައް ހޯދައި މި މަސައްކަތަށް ފެސިލިޓޭޓްކޮށްދޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.

your imageހާލުގައި ޖެހިފައިވާ ގައުމުތަކާއި ސަރަހައްދުތަކަށް އެހީތެރިވެދިނުމަށް އާބަންކޯއިން އައިއޭސީ އާއެކު އެމްއޯޔޫއެއްގައި ސޮއިކުރުން - ފޮޓޯ:އާބަންކޯ

އާބަންކޯއިން ބުނެފައިވަނީ މި އެމްއޯޔޫގެ ދަށުން އެ ކޯޕަރޭޝަނުން ކުރާ މަސައްކަތްތަކުގެ ތެރޭގައި އައިއޭސީން އައިޑެންޓިފައި ކުރާ ސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ސައިޓް ސްޕެސިފިކް ޕްލޭންތައް ފަރުމާކުރުމުގެ އިތުރުން އެ ޕްލޭންތަކަކީ މުޖުތަމައުގެ ބޭނުންތައް އެންމެ އެކަށީގެންވާ ގޮތަކަށް ފުއްދައިދޭނެ ޕްލޭނަކަށް ވާނެ ކަން ޔަގީންކުރުމަށް އެ ކޯޕަރޭޝަނުގެ އެކްސްޕާޓީސް ޓީމުން މަސައްކަތްކުރާނެ ކަމަށެވެ. 

އެގޮތުން ވިލެޖް ނުވަތަ ނެއިބަހުޑް މާސްޓަޕްލޭންގެ ކޮންސެޕްޓްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އާބަންކޯގެ ދަށުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނީ އެ ކޯޕަރޭޝަނުގެ ޓީމުން ސައިޓް އެސެސްމަންޓާއި ފީސިބިލިޓީ ސްޓަޑީޒް އާއި އިންފްރާސްޓްރަކްޗާ ޕްލޭނިން އާއި އާކިޓެކްޗަރަލް ޑިޒައިން، ކޮންސްޓްރަކްޝަން މެނޭޖްމަންޓްގެ އިތުރުން ކޮލިޓީ ކޮންޓްރޯލް ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. 

އައިއޭސީގެ އިސްނެގުމުގެ މަތިން ސޮއިކުރެވުނު މި އެމްއޯޔޫއަކީ އާބަންކޯގެ ފަރާތުން މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދީ އެންމެނަށްވެސް ރައްކާތެރި އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ސޮއިކުރެވުނު އެމްއޯޔޫއެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް