ads
މިނިސްޓަރު އިމްރާނާއި، ސީޕީ ހަމީދާއި އަތޮޅު ތެރެއަށް
މިނިސްޓަރު އިމްރާނާއި، ސީޕީ ހަމީދު އަތޮޅު ތެރެއަށް
ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މުލަކަތޮޅަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި އެވެ.

މި ދަތުރުފުލަކީ މިއަދުން ފެށިގެން މި މަހު 30 އަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، އެ ދަތުރުފުޅު ކުރައްވަމުންދަނީ މުލަކު އަތޮޅަށް ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. 

އަދިމި ދަތުރުފުލަކީ އަވައްޓެރި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމާއި ގުޅިގެންނާއި އަދި މަޑުއްވަރީ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ދަތުރުފުޅުގައި، ބައިވެރިވެ ވަޑައިގަންނަވަނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، އާއި، ލޯކަލް ޕޮލިސިން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދު، އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ދަތުރުފުޅުގައި އެ ބޭފުޅުން މުލަކަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލުތަކާ ބައްދަލުކުރައްވާ އެކި ކަންކަމުގައި މަޝްވަރާ ކުރައްވަން ނިންމަވާފައިވާ ކަމަށް ފުލުހުންވަނީ ފާހަގަކޮށްފައެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް