ads
ޕެންޝަން އޮފީހުން ބޭއްވި ފައިނޭންޝަލް ފޯރަމްގައި އިމާދު ވާހަކަ ދައްކަވަނީ
ޑިޖިޓަލް ބޭންކިންއަށް ރާއްޖޭގައި ވަރަށް ފުރުސަތު ބޮޑު: އެމްއެމްއޭ
ޑިޖިޓަލް ބޭންކިންއަށް ފުރުސަތު ވަރަށް ބޮޑު ކަމަށާއި ރާއްޖޭގައި ފައިނޭންޝަލް ޓެންނޮލޮޖީ (ފިންޓެކް) އިތުރަށް ފުޅާކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

ޕެންޝަން އޮފީހުން ބޭއްވި މޯލްޑިވްސް ފައިނޭންޝަލް ފޯރަމްގައި އެ އޮފީހުގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ފައިސާގެ 94 ޕަސެންޓު ހުރީ ޑިޖިޓަލްކޮށް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ.

އެހެންވެ، ރާއްޖެއަށް ޑިޖިޓަލް ކޮއިން އުފެއްދުމާ ގުޅޭ ގޮތުން އެކި ލެވެލްތަކުގައި މަޝްވަރާކުރަމުން އަންނަ ކަމަށް އިމާދު ވިދާޅުވިއެވެ.

އެމްއެމްއޭއިން ބުނީ މާލީ ދާއިރާ ކުރިއަށް ގެންދެވޭނީ، ކްރިޕްޓޯ އާއި އެ ނޫން ވެސް ޑިޖިޓަލް ފައިސާއާ އެކު ކަމަށެވެ.

އޭގެ އިތުރުުން ފައިސާގެ މުއާމަލާތް ކުރުމުގައި އީޖާދީ އާ ގޮތްތަކަށް ފުރުސަތު ފަހި ކޮށް މާލީ ދާއިރާ އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އިމާދު ވިދާޅުވީ މިފަދަ ކަމެއް ކުރާއިރު މުޅި ނިޒާމަށް އިތުބާރު ހޯދަންޖެހޭ ކަމަށާއި، އެފަދަ ކަންކަން ކުރުމަށް ރެގިއުލޭޓަރީ ފްރޭމްވޯކްތައް ހެދިފައި ހުންނަން ޖެހޭ، ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް