ads
ޗެލްސީގެ އާ ކޯޗު ޕޮޗެޓީނޯ
ޗެލްސީގެ ކޯޗުކަމަށް ޕޮޗެޓީނޯ ހަމަ ޖައްސައިފި
ޗެލްސީގެ ކޯޗުކަމުގެ މަގާމަށް އާޖެންޓީނާ އަށް އުފަން ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ ރަސްމީކޮށް ހަމަ ޖައްސައި އެކަން ކްލަބުން އިއުލާންކޮށްފިއެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމަށް ޕޮޗެޓިނޯ ހަމަ ޖައްސައި މިއަދު ރަސްމީކޮށް އިއުލާންކުރިނަމަވެސް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އެ ޑީލް އޮތީ ނިމިފައެވެ. އޭރު ކޮންޓްރެކްޓް ނުހަދައި މަޑުކުރީ ލީގު ނިމެންދެނެވެ. ލީގު ނިމުނީ ރޭގައެވެ.

ޕޮޗެޓީނޯ ވެގެންދާނީ އަކީ ޗެލްސީ ހިންގުމާ އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ހަވާލުވި ފަހުން، ޗެލްސީ އަށް ކޯޗުކޮށްދޭ ތިން ވަނަ ކޯޗެވެ. މި ސީޒަން ފެށިއިރު، ޗެލްސީގެ ކޯޗަކަށް ހުރި ތޯމަސް ޓުޗެލް، މިދިޔަ ސެޕްޓެމްބަރު މަހު ވަކިކުރިއިރު، ޓުޗެލްގެ ބަދަލުގައި ގެނައި، ގްރަހަމް ޕޮޓާ ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން މަގާމުން ވަކިކޮށްފައެވެ. އޭގ ފަހުން ވަގުތީ ގޮތުން ހުރީ ލަމްޕާޑުއެވެ.

ޕޮޗެޓީނޯ އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގައެވެ. ޕީއެސްޖީގެ ކޯޗުކަމުން މިދިޔަ ސީޒަނަށް ފަހު ޕޮޗެޓީނޯ ވަކިކުރިއިރު، އޭނާ ޕީއެސްޖީ އަށް ފްރެންޗް ލީގާއި ފްރެންޗް ކަޕް ހޯދައިދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް