މި ހާދިސާ ހިނގީ 2009 ވަނަ އަހަރު ނަމަވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު އާ ރިޕޯޓެއްގައި އެކަމަށް އަލިއަޅުވާލާފައިވަނީ މި ހަފްތާތެރޭގައެވެ. ެ
އެ ރިޕޯޓުގައި ވާގޮތުން އެ ކުއްޖާގެ މައްޗަށްވެސް އުމުރު ދުވަހުގެ ހުކުމް އައިސްފައިވާއިރު، ބައިލްބަލް ގެންގުޅުނީ އެ ކުއްޖާގެ މައިން ބަފައިންނެވެ.
އުތުރު ކޮރެއާ އަކީ ރަސްމީކޮށް އެތީސްޓުން (އެއްވެސް ދީނެއް ގަބޫލުނުކުރާ) ދައުލަތެއް އޮންނަ ގައުމެކެވެ. ދީނީ ހުރިހާ ހަރަކާތެއް ސަރުކާރުން ހަރުކަށިކޮށް ކޮންޓްރޯލް ކުރާއިރު، ހުއްދަ ނެތި ދީނަށް އަމަލު ކުރަމުންދާ މީހަކު ފެނިއްޖެ ނަމަ ހަރުކަށި އަދަބު އެގައުމުގައިދެއެވެ. ބައެއް ހާލަތްތަކުގައި ދީނީ އަގީދާގެ ސަބަބުން މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވެއެވެ.
ކުޑަކުއްޖާގެ މައްސަލައިގައި ގިނަބަޔަކު ކަންބޮޑުވާ ސަބަބަކީ މައިންބަފައިންގެ ދީނީ އަގީދާގެ ސަބަބުން ކުޑަކުދިންނަށް ވެސް އަދަބު ދޭން އުތުރު ކޮރެއާ ސަރުކާރުން ތައްޔާރަށް އޮތުމުންނެވެ. މިއީ އުތުރު ކޮރެއާގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ޚިލާފު އެތައް ކަމެއްގެ ތެރެއިން އެންމެ މިސާލެކެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ރިޕޯޓުގައި އުތުރު ކޮރެއާގައި ދީނީ ގޮތުން ގޯނާކުރާ އެހެން މައްސަލަތަކަށް ވެސް އަލިއަޅުވާލާފައިވެ އެވެ. މިސާލަކަށް 2019 ވަނަ އަހަރު 12 ކްރިސްޓިއަނުންގެ ގްރޫޕަކަށް އެމީހުންގެ ދީނީ އަގީދާގެ ސަބަބުން މަރުގެ ހުކުމް އިއްވާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި އުތުރު ކޮރެއާ ސަރުކާރުން ސިޔާސީ ޖަލު ކޭމްޕްތަކުގެ ނެޓްވޯކް ބިނާކޮށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ރިޕޯޓަކީ އުތުރު ކޮރެއާގެ އިންސާނީ ހައްގުތަކުގެ ނުރައްކާތެރި ހާލަތު ވަރަށް ބޮޑަށް ހަނދާންކޮށްދޭ ރިޕޯޓެކެވެ. ދީނުގެ މިނިވަންކަމުގެ ހައްގު ހިމެނޭ ގޮތަށް ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އުތުރު ކޮރެއާ ސަރުކާރަށް ޕްރެޝަރު ކުރަމުން އަބަދުވެސް ގެނެދެއެވެ.