ads
އޭސީ މިލާންގެ ކުޅުންތެރިއެއް
މިލާނުން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފި
ސެރީއާގައި އޭސީ މިލާނާއި ޔުވެންޓަސް ބައްދަލުކުރިމެޗް ކާމިޔާބުކޮށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގަ މިލާނުން ކަށަވަރުކޮށްފިއެވެ.

މިލާނާ ޔުވެންޓަސް ކުޅުނު މެޗުން މިލާން މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މިމެޗްގައި މިލާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޑޭވިޑް ކަލަބްރިއާ ނަގާދިން ހުރަހަކުން ކާމިޔާބުކޮށްދިނީ އޮލިވަރ ޖިރޫއެވެ.

މި ނަތީޖާއާއެކު މިލާނުން މިހާރުވަނީ ތާވަލްގެ ހަތަރުވަނަ މަގާމް ކަށަވަރުވެފައެވެ. އަދި އެއާއެކު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ޖާގައެއް، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީން ކެޓި މިލާނަށްވަނީ ޔަގީންވެފައެވެ. އެ ޓީމަށްވަނީ 37 މެޗުން 67 ޕޮއިންޓް ލިބިފައެވެ. ފަސްވަނައިގާ އުޅޭ އެޓަލާންޓާއަށް ލިބިފައިވަނީ 61 ޕޮއިންޓް ކަމުން ބާކީ އޮތް އެއް މެޗުން މިލާނާއި އަރާ ހަމަނުކުރެވޭނެއެވެ.  

އަނެއްކޮޅުން މި މެޗުން ބަލިވުމާއެކު ޔުވެންޓަސްއަށް އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އޮތް ހަނި ފުރުސަތުވެސް މިވަނީ ގެއްލިގެން ގޮސްފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ އެޓީމް އަތުން މިދިޔަ ހަފްތާގައި އުނިކުރި 10 ޕޮއިންޓެވެ. މިއާއެކު މިވަގުތު ޔޫވޭ އުޅެނީ 59 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް