ads
އެޑިއުކޭޝަން މިނިސްޓަރު މިއަދުގެ ޖަލްސާގައި
އޯލެވެލް ނަތީޖާ ދަށްކަމަށް ދައްކަނީ ފެންވަރު ދަށްވެގެން ނޫން: މިނިސްޓަރު
މިދިޔަ އަހަރުގެ އޯލެވެލްގައި ދަރިވަރުންގެ ނަތީޖާ ދަށްކަމަށް ފެންނަންހުރީ ދަރުވަރުންގެ ފެންވަރު ދަށްވެގެން ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު އައިޝަތު އަލީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރާ ސުވާލު ކުރުމުގެ ފުރުސަތުގައި ބައެއް މެމްބަރުން ދެއްކެވި ވާހަކަފުޅާ ގުޅިގެން ދެއްވި ޖަވާބުގައެވެ.

އެގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިނިސްޓަރާ ސުވާލު ކުރަމުން ވިދާޅުވީ، އޯލެވެލްގައި މިދިޔަ އަހަރު 50 އިންސައްތަ ދަރިވަރުން ފާސްނުވާ ކަމަށް ނޫސްތަކުގައި ލިޔެމުންދާތީ އެއީ ކިހާމިންވަރެއްގެ ކަންބޮޑުވުމެއް ހުރި ވާހަކައެއްތޯއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އޯލެވެލްގެ ނަތީޖާ މިހާރު ފެންނަގޮތުން ދަށްވާކަމަށް ފެނުމަކީ ދަރިވަރުންގެ ދަށްވުމެއް ނޫން ކަމަށާއި، އެކަން އެގޮތަށް ދައްކަނީ ނަތީޖާ ކަލްކިއުލޭޓް ކުރާއިރު ކުދިން އިމްޕުރޫވް ކުރަންޖެހޭ މާއްދާތައް ހުރުމުން ކަމަށެވެ. 

އެހެންކަމުން އެގޮތަށް ދަށްކަމަށް ފެންނަ ސުކޫލުތައް ފާހަގަކޮށް މީގެ ތިން އަހަރުކުރިން ކުދިންގެ ފެންވަރު ރަނގަޅުކުރުމަށް ލިޓްރެސީ ޕްރޮގުރާމްތަކެއް ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

''ހާއްސަކޮށް އެކަން ކޮށްފައިވަނީ އޯލެލްގެ ނަތީޖާ ރަނގަޅު ކުރުމަށް. ތިންއަރަހު ވަންދެން ކުރި މަސައްކަތުން ރަނގަޅު ނަތީޖާ އެއް ނެރެވުނު." - މިނިނސްޓަރު އައިޝަތު އަލީ

އެހެންކަމުން ސުކޫލް ވެހި ޕްރޮގުރާމް ތަކުގެ ތެރެއިން، ދަށް މާއްދާތައް ކަމަށް ފާހަގަކުރެވުނު މާއްދާ ތައް މިހާރު ވަނީ ރަނގަޅު ކޮށްފައި ކަމަށާއި، އިގިރޭސިއާއި، ހިސާބާއި އަދި ދިވެހިންވެސް ދަރިވަރުން ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބައެއް ރިޕޯޓްތަކުގައި ފާހަގަކޮށްފއިވާ ގޮތުން މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން އޯލެވެލްގައި ބައިވެރިވި ދެބައުކުޅަ އެއްބައި ކުދިން ނަތީޖާ ދަށް ކަމަށް ވަނީ ބުނެފައެވެ. 

އޯލެވެލްގައި މަތީޖާ ބަލާގޮތުން ފާސްވިކަމަށް ބަލަނީ ފަސް މާއްދާއިން ފާސްވެގެންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ނަތީޖާއަށް ބަލާއިރު ފަސް މާއްދާއިން ފާސްނުވާ ކުދިންގެ އަދަދު 50 އިންސައްތައަށް ވުރެ އިތުރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް