ads
ފޮޓޯ: މާލެ ސިޓީ ކައުންސިލް
ރޯދަމަހު ޗަމްޕާ ބްރަދާސްއިން ދިން އެހީ ބަލައިގަންނަން: މުއިއްޒު
ނިމިދިޔަ ރޯދަ މަހު މާލެ ސިޓީ ގޭބީސީތަކުގެ ކެއިންބުއިމާ ބެހޭ އާންމު ހަރަދުބަރަދަށް ލުޔެއް ހޯދައި ދިނުމަށް ޗަންޕާ ބްރަދާސްގެ ފަރާތުން ޗަންޕާ މުޙައްމަދު މޫސާ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް މާލޭގެ ގޭގެއަށް ފޯރުވައިދެއްވި އެހީތެރިކަން ބަލައިގަންނަ ކަމަށް މާލެ ސިޓީ ކައުންސިލް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީގެ ގޭބިސީތަކަށް ވެދެއްވި އެހީތެރިކަމުގެ އަގު މާލެސިޓީ ކައުންސިލުން ވަޒަންކޮށް ކައުންސިލްގެ ފަރާތުން ވަނީ ޗަންޕާ މުހައްމަދު މޫސާ އަށް ހަނދާނީ ފިލާ އަކާއި ހަނދާނީ ލިޔުމެއް އަރުވާފައެވެ.

މާލެ ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީ ކައުންސިލާއި، ހަވާލު ކުރެއްވި ކާށި އަދި ކަރާގެ 10 ޓަނު  މާލެސިޓީ ކައުންސިލް މެދުވެރިކޮށް މާލެސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ބަހާފައެވެ.

އެގޮތުން 3524 މީހަކަށް 50375 ކާށި ބަހާފައިވާ ކަމަށާއި، އަދި 2325 މީހަކަށް 4650 ކަރާ ވަނީ ބަހާފައިވާ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ވަނީ 2 ފަހަރެއްގެ މަތިން ކާށި ހަދިޔާ ކޮށްފައެވެ.

ކާށި ލިބުން ދަތިވެ، ކާށި ވިއްކަމުން އައި އަގު އުފުލުމާއި ގުޅިގެން ރޯދަ މަހާ ދިމާކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިންވެސް ވަނީ ރާއްޖެ އަށް ކާށި އެތެރެކޮށްފައެވެ. އަދި  އަމިއްލަ ބައެއް ވިޔަފާރިތަކުން ވަނީ ކާށި އެތެރެކޮށް ހެޔޮ އަގުގައި ވެސް ވިއްކާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް