ads
ހުސައިން ޝިފާއު
ވަގު ޓީޓީ ހެދި މީހާ ދޫކޮށްލި މައްސަލަ ހައިކޯޓަށް
ރާއްޖެއަށް މުދާ އެތެރެކުރުމަށް ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދި މައްސަލާގައި ހައްޔަރުކޮށްފައިވާ ހުސައިން ޝިފާއު ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގެ ކުންފުނިތަކުން ދިވެހި ރާއްޖެއަށް މުދާ އެތެރެކޮށް އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އެފަރާތްތަކަށް ސައްހަ ނޫން ޓީޓީ ފޮނުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކުރާ މައްސަލައެއްގައި ހައްޔަރުކޮށްފައި އުމުރުން 37 އަހަރުގެ ހުސެއިން ޝިފާއު ކްރިމިނަލް ކޯޓުން ދޫކޮށްލީ މި ހަފްތާގައެވެ.

ހުސެއިން ޝިފާއުއަކީ ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެގެން ކުރިން ފުލުހުން އިއުލާންވެސް ކޮށްފައިވާ މީހެކެވެ. 2021 ވަނަ އަހަރު ފުލުހުން އޭނާ ހޯދަން އިއުލާންކޮށްފައިވެއެވެ.

މިމައްސަލާގައި އޭނާގެ މައްޗަށް ޕީޖީން ވަނީ ބޮޑެތި ދައުވާތަކެއް ވެސް އުފުލާފައެވެ. އޭނާ ދޫކޮށްލީ މުޖްތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެއެވެ.

ޝިފާއު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކަނީ ހޯމަ ދުވަހުއެވެ. އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް