ads
ސީމަނުންތަކެއް ބޯޓެއްގައި މަސައްކަތް ކުރަނީ
ސީމަނުންނަށް ބޭނުންވާ ޑޮކިއުމެންޓް މަހެއްހާ ދުވަސްތެރޭ ލިބޭނެ: ޓްރާންސްޕޯޓް
އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް، ބޭނުންވާ އައިޑެންޓިޓީ ޑޮކިއުމެންޓް މަހެއްހާދުވަހުގެ ތެރޭ ފޯރުކޮށްދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ބުނެފައިމިވަނީ ރާއްޖޭގެ  ސީމަނުންނަށް އެމިނިސްޓްރީން ދޭން ޖެހޭ އައިޑެންޓީޓީ ޑޮކިއުމެންޓް، (އެސްއައިޑީ) ދޫނުކުރާތީ، ބައެއް ގައުމުތަކަށް ރާއްޖޭގެ ސީމަނުންނަށް ނުވަދެވޭ ކަމަށް ރާއްޖޭގެ ސީމަނުންގެ އޭޖެންޓު، އޭޝިއާ މެނޭޖްމެންޓުންބުނެފައިވާ ދަނޑިވަޅެއްގައެވެ.

އޭޝިއާ މެނޭޖްމެންޓުން ބައެއް ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައިވާ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރަންޖެހޭ ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓާއި ސީމަންބުކް ހަދަނީ އެހެން ޕޯޓުތަކުން ބަލައިގަންނަ ވަރަށް ވުރެ ފެންވަރު ދަށްކޮށް ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ބޭރުގެ ގައުމުތަކުގެ ޕޯޓުތަކުން ބަލައިގަންނަ އެފަދަ ޑޮކިއުމެންޓެއް އުފެއްދުމުގެ މަސައްކަތް އިމިގްރޭޝަނާ އެކު ކުރަމުން އަންނަ ކަމަށާއި މިހާރު ކުރާ މަސައްކަތުން މަހެއްހާ ދުވަހުގެ ތެރޭގައި އެކަން ކުރެވޭނެ ކަމަށެވެ.

އެމިނިސްޓްރީންް ބުނީ މިހާރު ރާއްޖޭގެ ސީމަނުންނަށް ނުވަދެވެނީ ހަމައެކަނި ބްރެޒިލްގެ ޕޯޓުތަކަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް