ads
ބެލިންހަމް
ބުންޑަސްލީގާގެ މޮޅު ކުޅުންތެރިޔަކަށް ބެލިންހަމް
ޖަރުމަނު ބުންޑަސް ލީގާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ޑޯޓްމަންޑްގެ ޒުވާންތަރި، ޖޫޑް ބެލިންހަމް ހޮވިއްޖެއެވެ.

އުމުރުން އެންމެ 19 އަހަރުގެ އިގިރޭސި ފޯވާޑް ބެލިންހަމް ވަނީ މި ސީޒަނުގައި 31 މެޗު ކުޅެ، އަށް ލަނޑު ޖަހާ، ފަސް ލަނޑު ޖެހުމަށް އެހީވެދީފައެވެ. ޑޯޓްމަންޑް އިން މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކައި، ތައްޓަށް ވާދަކުރިއިރު އެންމެ މުހިންމު އެއް ދައުރު އަދާކޮށްފައިވަނީ ބެލިންހަމްއެވެ.

ބެލިންހަމް ޑޯޓްމަންޑަށް ބަދަލުވީ ބާމިންހަމް ސިޓީން 2020 ވަނަ އަހަރު 25 މިލިއަން ޕައުންޑަށެވެ. ތިން އަހަރު ތެރޭގައި އޭނާ ވަނީ ޑޯޓްމަންޑަށް 130 މެޗު ކުޅެދީފައެވެ. ކުރިއަށް އޮތް ސީޒަނަށް 100 މިލިއަން ޔޫރޯ އަށްވުރެ ބޮޑު އަގެއްގައި ބެލިންހަމް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިގިރޭސި ގައުމީ ޓީމުގައިވެސް ހިމެނޭ މުހިއްމު ފޯވާޑް ބެލިންހަމްވަނީ އިންގްލެންޑުގެ ގައުމީ ޓީމަށް 24 މެޗު ކުޅެދީފައެވެ. އޭނާ އަކީ 2022 ވަނަ އަހަރު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލާ ހަމައަށް ޓީމު ގެންދިއުމުގައި އިސް ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މިވަގުތު އިންގްލެންޑް ޓީމުގައި ޕްރިމިއަރ ލީގުން ބޭރުން ހިމެނިފައިވާ ހަމައެކަނި ކުޅުންތެރިޔަކީވެސް ބެލިންހަމްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް