
ފޯޅަވައްސާ ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި ސަރުކާރުން އަމަލު ކޮށްފައިވާ ގޮތާމެދު ނުރުހުންވެ، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި، އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް އިން އެކުލަވާލައިފައިވާ އިއްތިހާދުން ހުކުރު ދުވަހު މުޒާހަރާ ބާއްވަން ވަނީ ނިންމާފައެވެ.
ޖޭޕީގެ ލީޑާޝިޕްގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖްގައި ގާސިމް ވިދާޅުވީ އެއެއްވުމުގެ ނަތީޖާ ޕާޓީގެ މެންބަރުންނަށް ސާފުވާނެ ކަމަށެވެ.
ގާސިމް މިގޮތަށް އެދިވަޑަައިގެންފައިވާއިރު ޖޭޕީގެ ބައެއް ބޭފުޅުން ވަނީ ފޯޅަވަހި ކޯލިޝަނާ އެކު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވަނީ ވަރަށް ހަރަކާތްތެރިކޮށް އެކޯލިޝަނުގައި މަސައްކަތް ކުރައްވާފައެވެ. އެކޯލިޝަނުން ބޭއްވި ޕްރެސްކޮންފަރެންސްގައި އޭނާ ވަނީ ޖޭޕީ ތަމްސީލުވެސް ކުރައްވާފައެވެ.