
އަނދުން ހުސައިން މިހެން ވިދާޅުވީ މި ސަރުކާރުން އަތޮޅުތެރޭގެ ރަށްތަކަށް ގެންނަމުންދާ ތަރައްގީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ހުސައިން ވިދާޅުވީ ރަށްރަށަށް ކުރާ ދަތުރު ތަކުގައި ރައްޔިތުން އެދެމުން ދަނީ ތަރައްގީގެ މަޝްރޫއުތައް މިހާރަށް ވުރެވެސް ބޮޑަށް އެ ރަށްރަށުގައި ކުރިއަށް ގެންގޮސް ދިނުންކަމަށެވެ.
އެހެންކަމުން އެކަމަށް ބޭނުންވާ ފައިސާ ރާއްޖެއިން ބޭރުންނާ ރާއްޖެއިން ހޯދަން ސަރުކާރަށް ޖެހޭކަމަށާއި، އެކަމަށްޓަކައި ޓެކްސްއަށް ދެ ރުފިޔާ އިތުރު ކޮށްގެން ނަމަވެސް އެކަން ކުރަން ޖެހޭކަމަށް ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ގިނަ ވެރިކަންތަކެއް ނިމިގެން ދިޔައިރު ރަށްރަށުގައި ސާފު ބޯފެނާއި ނަރުދަމާ އަޅަމުން ގެންދަނީ އަދި ކިރިޔާ މިވެރިކަމުގައި ކަމަށެވެ.
ހުސައިން ވިދާޅުވީ އެރައްޔިތަކު އެރަށެއްދެގެ ލޯބިވާ އަދި ދިރިއުޅެން ބޭނުންވާ އެރަށަކުން ރައްޔިތުން ފައިބަން ބޭނުންނުވާ އަދި ދިރިއުޅެން ބޭނުންވާ ރަށެއްގައި އުޅެވޭނެ ފުރުސަތާއި ހިދުމަތްތައް ގާއިމްކޮށްދޭން ޖެހޭ ކަމަށެވެ.