ads
ޝާހު ރުކް ހާން
މުޒާހަރާ ކުރާއިރު އަޅާނުލާތީ ޝާހުރުކް ހާން އަށް ފާޑުކިއުން
އިންޑިއާގެ ރެސްލިން ތެޅުންތެރިން ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން ބޮލީވުޑްގެ މެގަ ސްޓާ ޝާހުރުކް ހާން އަޅާނުލާތީ އޭނާއަށް ފާޑުކިއުން އަމާޒުވެއްޖެއެެވެ.

މި މުޒާހަރާއަކީ 2024 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ރެސްލިން ނުހިމެނޭ ގޮތަށް އިންޑިއާ ސަރުކާރުން ނިންމުމާ ދެކޮޅަށް ކުރާ މުޒާހަރާއެކެވެ. 

އަމިއްލަ ފިލްމު "ރާއީސް" މަނާކުރުމާ ދެކޮޅަށް ވާހަކަ ދައްކަން އަވަސްވެގަތް ނަމަވެސް ރެސްލިން ކުޅުންތެރިންގެ މުޒާހަރާއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނުމުން ޝާހުރުކް ހާންގެ މައްޗަށް ވަނީ ނިފާޤުކަމުގެ ތުހުމަތު ކޮށްފައެވެ. ގިނަބަޔަކު ފާޑުކިޔާފައެވެ. 

އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތަށް ތައުރީފުކޮށް ޝާހުރުކް ހާން ދާދި ފަހުންވަނީ ވީޑިއޯއެއްވެސް ނެރެފައެވެ. އެހެން ނަމަވެސް ރެސްލިން ތެޅުންތެރިންގެ ދިފާއުގައި އެއްވެސް ވާހަކައެއް ނުދައްކާކަމަށް ފާޑުކިޔާ މީހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް