އިންޓަވިއުގައި މަލައިކާ ހާމަކުރާ ގޮތުގައި އޭނާ އުފަންވީ 1973 ވަނަ އަހަރުއެވެ. އެއީ ތެދެއްކަމަށް ވާނަމަ 2023 ވަނަ އަހަރު އޭނާގެ އުމުރުން 50 އަހަރު ވާނެއެވެ. މިކަމުގެ ސަބަބުން މަލައިކާ އޭނާގެ އުމުރު އޮޅުވާލައިގެންއުޅޭ ކަމަށް ވަނީ ޝައްކު ކުރެވިފައެވެ.
އޭނާގެ އުމުރާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން މަލައިކާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މަލައިކާގެ ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިން އޭނާގެ އުމުރަށް ވުރެ ޒުވާން ގޮތަކަށް ފެންނަން އެހީތެރިވެދީފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ.