ads
ސަލްމާން ހާން އަދި ވިކީ
ވިކީ ކައިރިން ސަލްމާން ހާން މައާފަށް އެދިއްޖެ
އައިއައިއެފްއޭ އެވޯޑުގެ ތެރެއިން ސަލްމާން ހާންގެ ބޮޑީގާޑުން ވިކީ ކައުޝަލް އާއިމެދު އަމަލުކުރި ގޮތުން ދެރަވެ އޭނާގެ ކިބައިން މައާފަށް ސަލްމާން ހާން އެދިއްޖެއެވެ.

އައިއެފްއޭ 2023 ގެ ފެހި ކާޕެޓްގައި ސަލްމާން ހާންގެ ސެކިއުރިޓީ ޓީމުން ވިކީ ކައުޝަލް ކޮއްޕާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވިއިރު، އެ ވީޑިއޯގެ ސަބަބުން ގިނަ ބަޔަކު ރުޅިވެރިކަން ސަލްމާން ހާނާމެދު އުފެދުނެވެ. 

ބައެއް ރިޕޯޓުތައް ބުނާގޮތު ސެކިއުރިޓީ ޓީމުން ވިކީ ކައުޝާލް ކޮއްޕާލިކަން ސަލްމާން ހާންއަށް އެނގިފައި ނުވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ސަލްމާން ހާން ދެރަވެފައިވާ ކަމަށާއި، އޭނާގެ ސެކިއުރިޓީ ޓީމާ ވާހަކަދައްކައި އެގޮތަށް އަމަލުނުކުރަން ސަލްމާން ވަނީ އެދިފައެވެ. 

"ސަލްމާން ހާން އަށް އޭނާގެ ސެކިއުރިޓީ ޓީމުން ވިކީ ކައުޝާލް ކޮއްޕާލިކަން ނޭނގުނު. ސެކިއުރިޓީ ޓީމާއިވެސް ވާހަކަ ދެއްކި. އެމީހުން އެކަން ކުރަން ނުޖެހޭ ކަމަށް ބުނި، އަދި އެމީހުން ވިކީ ކައުޝަލްގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް." ސަލްމާން ބުނި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ސަލްމާން ހާނާއި ވިކީ ކައުޝަލް އަކީ ހުމަތްތެރިންނެވެ. އެ ހާދިސާގެ ސަބަބުން އެދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އައިއެފްއޭ 2023 ގެ ގްރީން ކާޕެޓްގައި ހިނގި ހާދިސާއަކީ އޮޅުން ބޮޅުން ބޮޑު ހާދިސާއެއްކަން ސާފުވެއެވެ. އޭނާގެ ސެކިއުރިޓީ ޓީމުން ވިކީ ކައުޝާލް ކޮއްޕާލިކަން ސަލްމާން ހާނަށް ނޭނގުނު އިރު، އެކަން އެނގުމުން އޭނާ ހުރީ ހިތްހަމަ ނުޖެހި ދެރަވެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް