ads
އާމިރު ހާން
ފިލްމު ކުޅުން މެދުކަނޑާލީ ހިތާމައެއްގައި އުޅޭތީ: އާމިރު ހާން
އާމިރު ޚާން ފިލްމުތަކުން ދެ އަހަރުގެ ބްރޭކެއް ނެގީ "އިމޯޝަނަލް ބްރޭކްޑައުން އެއް" (ބޮޑު ހިތާމައެއްގައި) ގެ ސަބަބުންކަމަށް އޭނާ ބުނެފިއެވެ.

އޭނާ ބުނީ ގެއްލިފައި އޮޅުން ބޮޅުން ވެފައިވާ ކަމުގެ އިހުސާސް ކުރެވެމުންދާ ކަމަށާއި، ދިރިއުޅުމުގައި ކުރަން ބޭނުންވާ ކަމެއް އަދި ނޭނގޭ ކަމަށެވެ.

މި ދުވަސްވަރު އޭނާގެ ދިރިއުޅުމާއި ކެރިއަރާއި މެދު ވިސްނާލުމަށް ގިނަ ވަގުތު ހޭދަކޮށް، ބައެއް ބަދަލުތައް ގެންނަން ޖެހޭކަން ވިސްނޭކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ މިހާރު ހުރީ އަމިއްލަ ގޮތުންނާއި ޕްރޮފެޝަނަލް ގޮތުން ވެސް މާ ރަނގަޅު ތަނެއްގައިކަމަށާއި، އޭނާ އިންތިޒާރު ކުރަމުން އަންނަނީ އޭނާގެ ދެން އޮންނަ ޕްރޮޖެކްޓަކަށް ކަމަށާއި އެ މަޝްރޫއު އަދި އިއުލާން ނުކުރާ ކަމަށެވެ.

އާމިރު ހާން އެންމެ ފަހުން ނެރުނު ފިލްމަކީ "ލާލް ސިންގު ޗައްދާ" އެވެ. އޭނާ އެ ފިލްމު ވެފައިވަނީ އިންޑިއާގައި ބޮޑު ފުލޮޕަކަށެވެ. އެ ފިލްމަށްފަހު އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން އޭނާގެ އާއިލާގެ ރައްކާތެރިކަމަށް އޭނާގެ އާއިލާ އިންޑިއާއިން ބާލަންވެސް ޖެހުނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް